ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީއަށް ނެގި އިންތިހާބު ކޮމިޓީއަށް ރައީސް ފެކްޝަނުގެ މެމްބަރުން!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ގައުމީ މަޖިލީހުން ނެގި ފަސް މެމްބަރުންގެ ކޮމިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުގެ މެމްބަރުން އިންތިހާބުކޮށްފި އެވެ.

ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމަށް، މި ނަންތައް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ އަނދުން ހުސެއިންގެ ހުށަހެޅުމަށް، އެ ފެކްޝަނުގެ އެހެން މެމްބަރުން ތާއީދު ކުރި އެވެ.

ޕްރައިމެރީގެ އިންތިހާބު ކޮމިޓީއަށް ނެގި ފަސް މެމްބަރުންނަކީ:
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު
އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު
އެމްޑީޕީ މަތި އުތުރު ޕްރޮވިންސްގެ ރައީސް، އަކްރަމް ކަމާލުއްދީން
އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މުގައްރިރު، އަހުމަދު އަބްދުﷲ އަފީފް
ކެނދިކުޅުދޫ ދައިރާގެ ރައީސް، މުހައްމަދު އީމާން

މިރޭގެ ބައްދަލުވުމަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅުއްވީ، ކޮމިޓީއަށް ފަސް މެމްބަރުން ހޮވުމަށް އެބޭފުޅުންގެ ފަރާތުން ދެ ނަމެއް އަދި ރައީސް ސޯލިހުގެ ފަރާތުން ވެސް ދެ ނަމެއް ހުށަހެޅުމަށެވެ. އެއަށް ފަހު، ދެ ފަރާތުން ވެސް އެއްބަސްވާ ބޭފުޅަކު ފަސް ވަނަ މެމްބަރެއްގެ ގޮތުގައި ކޮމިޓީއަށް އައްޔަނު ކުރުމަށެވެ.

އެހެން ނަމަވެސް، ރައީސް ސޯލިހު ފެކްޝަނުން އެގޮތް ގަބޫލެއް ނުކުރި އެވެ. އެއީ، ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ނަމަކަށް އެބޭފުޅުންގެ ތާއީދެއް ނެތުމުންނެވެ. އެއީ ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރެވެ.

ރައީސްގެ ފަރާތުން ހުށަހެޅި ނަންތަކަށް ފަހު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވީ ކޮމިޓީއަށް ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރާއި، ވިލިމާލެ ދާއިރާގެ ކުރީގެ ރައީސް މުހައްމަދު އިބްރާހިމް މަނިކުގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ކޮމިޓީއަށް ނެގުމަށެވެ.

އެހެން ނަމަވެސް އާޒިމް ހުށަހެޅީ ތިން ނަމަށްވުމުން، ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ތިން މެމްބަރުންގެ ބަދަލުގައި ފަސް މެމްބަރުން ހުށަހެޅުމަށެވެ.

ދެ ބަސްވުންތަކާއި އެކު ބަހުގެ ހަމަލާތައް ރައްދު ކުރަން ފެށުމުން މެމްބަރުންނަށް ދެ ފަހަރެއްގެ މަތީން މަޝްވަރާ ކުރުމަށް ވަގުތު ދީ ބައްދަލުވުން މެދުކަނޑާލާފައި ވެސް ވެއެވެ. އަދި 15 މިނެޓުގެ މެދުކެނޑުމަށް ފަހު ވެސް، ދެ ފަރާތަށް އެއްވެސް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވި އެވެ.

ހުސް ވަގުތަށް ފަހު އާޒިމް ވިދާޅުވީ، އެބޭފުޅުން ތިން ނަން ހުށަހަޅާފައިވާތީ ރައީސްގެ ފަރާތުން އިތުރު ދެ ނަމެއް ލުމަށެވެ. ނަމަވެސް ފައްޔާޒް އެ ހުށަހެޅުން ބަލައިގަތުމަށް ދެކޮޅު ހަދައި ވިދާޅުވީ ހުށަހަޅަން ޖެހޭނީ ފަސް މެމްބަރުން ކަމަށެވެ. އެ ސަބަބާއި ހުރެ، ފައްޔާޒާއި މަޖިލީހުގެ ނައިބު ރައީސް އީވާ ދެމެދު ހުސް ވަގުތުގެ ތެރޭގައި އަނެއްކާވެސް ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ.

ފައްޔާޒަށް އަމާޒުކޮށް އީވާ ވިދާޅުވީ، ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕުގައި ވެސް މެމްބަރުންނަށް ވާހަކަ ނުދެއްކޭނެ ހެން އުނދަގޫތައް ކުރިމަތި ކުރުވާކަމަށެވެ. އެހެންކަމުން ހަމަ އެ އުސޫލު ގައުމީ މަޖިލިސް ބައްދަލުވުމުގައި ނުދެއްކުމަށް އޭނާ ގޮވާލި އެވެ.

އީވާ ވިދާޅުވީ ގައުމީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަނީ ހުދުމުހުތާރު ގޮތަކަށް ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

މިރޭ އެންމެ ފަހުން ރައީސް ނަޝީދުގެ އަރިސް މެމްބަރުން ޖަލްސާ ބޮއިކޮޓުކޮށް ނިކުތީ ނަންތަކަށް ވަކިން ވޯޓަށް އަހަން ހުށަހެޅި އިސްލާހު ވެސް ބަލައިގަތުމަށް ފާސް ނުވުމުންނެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: