ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ސައީދަކީ ފިތުނަވެރިއެއް: ނިލަންދޫ ކައުންސިލް

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިލަންދޫގެ ރައްޔިތުންނާއި ގުޅުވައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ދެއްކެވީ ފިތުނަވެރި ވާހަކަތަކެއްކަމަށާއި، އެ ވާހަކަތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެ ރަށު ކައުންސިލުން ގޮވާލާފައިފި އެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފެނަކައިގެ އާ އިންޖީނުގެ އަދި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ސައީދު ރަށުގެ ރައްޔިތުންނާއި ގުޅުވައި ދެއްކެވީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ސައީދަށް އަމާޒުކޮށް ގަލާއި ވެލި އުކި މީހަކު އަދި އެކަން ދެނަހުރި މީހެއް ވެސް ނެތް ކަމަށެވެ. ނަމަވެސް 2009 ގައި އޭރުގެ ސަރުކާރުން ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ އަޕާރ ސައުތު ޔޫޓިލިޓީގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އިސްވެ ހުންނަވައި ރަށުގެ ރައްޔިތުންނަށް އަމިއްލަ ޖީބުން ހަރަދުކޮށް އަމިއްލަ މަސައްކަތުން އަޅާފައިވާ އިންޖީނުގެ އަދި ކޭބަލް ނެޓުވޯކާއި އިންޖީނުތައް އަދި ސިންކްރިނައިޒް ޕެނަލް ރައްޔިތުންނަށް އެއްވެސް އެންގުމަކާއި ނުލައި އޭރުގެ ރކ. ކޮމިޓީ އާއި ދެމެދު މަޝްވަރާކޮށް އަޕާ ސައުތު ޔުޓިލިޓީ ކުންފުންޏާއި ހަވާލުކޮށްފައިވާތީ އެކަން ސާފުކޮށް ދޭން އެދި ސައީދު ކައިރިޔަށް ރައްޔިތުން ދިޔަކަން އެނގިފައިވާކަމަށް ބަޔާނުގައި ވެއެވެ.

ރަށުގެ ރައްޔިތުންކަކީ ހިޔާލުތަފާތުވުންތަކާއި އެކު ވެސް ކުރިޔަށް ދާނެ ބައެއްކަމަށާއި، ޑެމޮކްރަސީ ރަނގަޅަށް ދަންނަ ބައެއްގެ ގޮތުގައި ވެ ތިބެ މީހެއްގެ ބޮލާއި ގަޔަށް ވެލި އުކުން އެއީ އެއްވެސް ގޮތެއްގައި ރައްޔިތުން ގަބޫލު ކުރާ ފަލްސަފާއެއް ނޫންކަން ބަޔާނުގައި ކައުންސިލުން ފާހަގަކުރި އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރަށުގެ ރައްޔިތުންނަކީ، ނިލަންދޫގެ ޝިއާރަކީ ކިޔަމަންތެރިކަމުގެ ޝިއާރަށް އަބަދުވެސް ބޯ ލަނބަމުން އައި ބައެއް ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ހާއްސަކޮށް ސަރުކާރުގެ ވެރިންނާއި މެދު ރައްޔިތުން ނުހިންގާނެކަމުގެ ޔަގީންކަން ކައުންސިލަށް އެބައޮތްކަމަށް ބުންޏެވެ.

ފެނަކަ ސައީދު ތަކުރާރުކޮށް ނިލަންދޫ ގެ ރައްޔިތުން ބަދުނާމު ކުރުމަށް ދައްކަމުން ގެންދާ ނާތަހުޒީބު ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެކަމަށް ބަޔާނުގައި ވެއެވެ. އަދި އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި މުޅި ގައުމަށް ލައިވް ކޮށްފައިވާ ގައުމުގެ އެންމެމަތީ ވެރިޔާ އިންނެވި ހަފްލާއެއްގަ ރަށުގެ ރައްޔިތުން ބޮލުގައި އެވަރުގެ ދޮގު ނާތަހުޒީބު ބަދުނާމެއް ނާއްއެއޅުވުމުގެ ގޮތުން ސައީދު ދެއްކެވި ވާހަކަތައް ކައުންސިލާއި ރައްޔިތުން ހިތާމަ ކުރާކަމަށް ބަޔާނުގައި ވެއެވެ. އަދި މިފަދަ ވާހަކަތައް އަމިއްލަ މަސްލަހަތަށް ނަމަވެސް އެހެން ބަޔަކަށް މަންފާއެއް ހޯދައިދޭން ވިޔަސް ނުދެއްކުމަށް ބަޔާނުގައި ކައުންސިލުން ގޮވާލި އެވެ.

ބައާން ނިންމަލަމުން ކައުންސިލުން ވަނީ، ނިލަންދޫ ރައްޔިތުން ކިބައިން ސައީދު މައާފަށް އެދެން ގޮވާލާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: