ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ވިސްނަވަނީ އެމްޑީޕީގެ އެތެރެ ބަދަލުކޮށްގެން އެހެން ޕާޓީއެއް ހެދުމަށް: ނަޝީދު

ރައީސް ސާލިޙް އަދި ރައީސް ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 39،000 ވަރަކަށް މެމްބަރުން ޕާޓީއިން ވަކިކުރުމަށްފަހު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ ޓީމު ވިސްނަވަނީ ޕާޓީގެ އެތެރެ ބަދަލުކޮށްގެން، ”އަނެއް ޕާޓީ“ ހެއްދެވުމަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

”ފިކުރެއްގެ ދިރުން“ ނަމުގައި ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ނުކުންނަވައިފި ހާލަތެއްގައި ޕާޓީއަށް ލިބިގެންދާ ވޯޓުގެ އަދަދު ވިހި އިންސައްތައަށްވުރެވެސް މަދުވެގެންދާނެކަމަށް ގަބޫލު ކުރެއްވޭކަމަށެވެ. އަދި އެމަނިކުފާނު ނުކުންނެވީ އެފަދަ ސަބަބުތަކެއް ހުރުމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ސާލިހާއި އެމަނިކުފާނުގެ ޓީމު ވޭތުވެދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވަނީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެމަނިކުފާނުވެސް އެކަހެރިކޮށްލައި ބާކީކޮށްލުމަށް ކަމަށެވެ. އަދި ރައީސް ސާލިހު ގެންގުޅުއްވި ވިސްނުމަކީ އެމްޑީޕީގެ ލޯގޯ، ކުލަ އަދި ޖޯޝު ބޭނުންކުރައްވައިގެން ޕާޓީގެ އެތެރެ ބަދަލު ކުރުމަށް ކަަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު ހުންނެވީ އެ ވިސްނުންފުޅުގެ މަތިން އެމްޑީޕީއަށް ނިސްބަތްވާ 39،000 މެމްބަރުން ޕާޓީއިން ވަކި ކުރައްވައިގެންކަމަށެވެ. އަދި އެކަން ކުރީ އެމްޑީޕީ އެހެން ޕާޓީއަކަށް ބަދަލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެރިކަމަށް ބޫތުކައިގެން އަންނި އުޅެނީ ވަރަށޤ ސާފް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: