ނ ވެލިދޫ ދޯނި އެހެލާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 88 އިންސައްތަ ނިމިއްޖެއެވެ.
ދޯނި އެހެލާ ސަރަހައްދުގެ ބޭރުތޮށިލުމުގެ 25 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

