ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ރައީސް ނަޝީދަށް: ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޓެކްސީ ގަންނަންވީއެއް ނޫން، ޑްރައިވަރުންނަށް ޓެކްސީ ގަނެދޭނީ

ރައީސް ސާލިޙް ކެމްޕެއިން ޖަލްސާއެއްގްއި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ނަގައި ޑްރައިވަރުންނަށް އެހެން ހުނަރެއް ދަސްކޮށް ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު އާދީއްތަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ޓެކްސީ ޑްރައިވެރިންނާއި ބައްދަލު ކުރައްވައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ޑްރައިވަރުންނާއި މަޝްވަރާކޮށް ހިޔާލް ބަދަކު ކުރެއްވި ކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް މަގުތަކުގެ ހާލަތު ހުރި ގޮތުން ޓެކްސީ ކުރުމަށް ދަތިވާ ވާހަކަ ހިއްސާ ކުރެއްވި ކަމަށާއި އަދި ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ދަސްކޮށްދީ ކުރެވެން ހުރި ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކުރަން ޖެހޭ ކަމަކީ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަނެ ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ދަސްކޮށްދިނުމެވެ. އެގޮތުން ބަސް ކުންފުނިން ޓެކްސީ ޑްރައިވަރުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެއީ އެމަނިކުފާނު ހުށަހަޅާ ސިޔާސަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

ރައީސް ނަޝީދުގެ މި ސިޔާސަތަށް އެމްޑީޕީ ރިޔާސީ ޕްރައިނެރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ބ، އޭދަފުށީގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ އެމަނިކުފާނާއި ވާދަވެރި ފަރާތްތަކުން ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ބުރުއަރާ ގޮތަށް ވިޔަފާރިތަކަށް ވަންނަމުންދާ ކަމަށް ބުނާ ކަމަށާއި އެހެން ކަމަށްވާނަމަ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމަކީ އެއީ ކޮންބައެއްގެ ވިޔަފާރިއަށް ސަރުކާރުން ވަނުންތޯ ރައީސް ސާލުވު އުފެއްދެވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމަކީ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށާއި އެ ސިޔާސަތަކީ އެއްގޮތަކަށް ވެސް ކަމުދާ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމުގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ޓެކްސީ ގަނެދިނުމެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސަރުކާރުން ޓެކްސީތައް ގެނެސް ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ޓެކްސީ ވިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ތާއިދު ކުރާނެ ކަމެއް ނޫން ކަމަށާއި އަދި އެއީ އެކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވޮ ގޮތުގައި ޓެކްސީ ޑްރައިވަރުންނަށް ނުވަތަ ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އައު ކާރު ހޯދައިދީ ދިގު މުއްދަތުން ހަލާސްކުރާ ގޮތަށް ސަރުކާރުން ކާރު ގަނެ ދިނުމަކީ އެމަނިކުފާނުގެ ޕްލޭމުގައި އޮތް ކަމެކެވެ. އަދި އެކަން މިއަހަރު ތެރޭގައި ކުރައްވާނެ ކަމަށް ވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: