ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ފަހު ބަޔަކު ޕާޓީއާ ދުރަށް ޖެހުނަސް އަޅުގަނޑު ދާނީ ކުރިއަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް، އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމެރީއަށް ފަހު ބަޔަކު ޕާޓީއާ ދުރަށް ޖެހިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ބ، އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބޭއްވުމަށް ތައްޔާރު ވަމުން ދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނިކުންނަ ގޮތަކުން ބަޔަކު މީޙުން ޕާޓީއާ ދުރަށް ޖެހިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާން ޕާޓީއާއިގެން ދާނީ ކުރިއަށް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައި މިވަނީ ޕްރައިމެރީއަށް ފަހު ރައީސް ސާލިޙްއާއިއެކު އެމްޑީޕީގެ 39،000 މީޙުން ނުތިބޭނެ ކަމަށް ރައީސް ސާލިޙްއާއި ވާދަ ކުރައްވާ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބަށް ފަހު ޕާޓީއެކުއެކީގައި މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ސާލިޙް ވިދާޅުވެދައި ވާތީ ނޫސްވެރިން ވަނީ ނަޝީދާއި ސުވާލު ކުރައްވާފައެވެ.

ނޫސްވެރިންގެ ސުވާލަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެނގިވަޑައި ނުގެން އެމަނިކުފާނުގެ ބޭބޭފުޅު ޑރ އިބްރާހިމް ނާޝިދު ވެސް ޕާޓީން ވަކިކޮށްފައިވާ ކަމަށާއި އޭގެ އިތުރުން 39،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީން ވަކިށްފައިވާއިރު ޕްރައިމެރީއަށް ފަހު އެ ވަކި ކުރި މީޙުން ރައީސް ސާލިޙްގެ ފަހްތްޕުޅަށް އަރަން ނުބުނެވޭނެ ކަމަށެވެ. އެހެން ކަމުން ނަޝީދު ވިދާޅުވީ ރައީސް ސާލިޙްއާއިއެކު ދާން ޖެހޭ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: