ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މިހާރު ގެންގުޅުއްވަނީ ރައީސް ޔާމީންގެ ސިޔާސަތު : ރޮޒައިނާ

މީދު ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތުކަމަށް އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން އެބޭފުޅުން ނިކުމެ ތިއްބެވި ސަބަބެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްނުކުރުން ފާހަގަކުރާތީ، އެކަމާއިމެދު ދެކެނީ ކިހިނެއްތޯ ”ސަންގު“ އިން ރޮޒައިނާ އާއި ސުވާލުކުރުމުން ވިދާޅުވީ އޭނާއަށް ފެންނަނީ މި ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯގައި ހުރި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްކުރައްވަމުން ގެންދަވާތަންކަމަށެވެ.

އެ ސިޔާސަތުތައް ބަދަލުކުރައްވަން އެ ޓީމުން މަސައްކަތްކުރައްވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ

ނަމަވެސް އަނެއް ޓީމުގެ ފަރާތުން އެ ސިޔާސަތުތައް ބަދަލުކުރައްވަން މަސައްކަތްކުރައްވާތަން ފެންނަކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ފާހަގަކުރެއްވީ އެމްޑީޕީއަކީ އަބަދުވެސް ޖަޒީރާ ރާއްޖެއޭ ކިޔައިގެން ނިކުމެ، ކޮންމެ ބަޔަކަށްވެސް އެ ބަޔެއްގެ ރަށުގައި ތިބެގެން އަސާސީ ހިދުމަތްތައް ލިބެންޖެހޭނެކަމަށް ދެކިގެން، އެ މަސައްކަތުގައި ނިކުތް ޕާޓީއެއްކަމަށެވެ. އޭނާވެސް އެމްޑީޕީއާއި ގުޅުނީ އެފަދަ ރަނގަޅު ސިފަތަކެއް އެމްޑީޕީގައި ހުރުމުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެގޮތުން މީހުންގެ ހައްގުތައް ހޯދައިދިނުމަކީ އެމްޑީޕީގެ ސިފައެއްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ނަމަވެސް މިއަދު އެބޭފުޅުން ވާހަކަދައްކަވަނީ މިއާއި ހިލާފަށްކަމަށެވެ. އެގޮތުން ކުޑަ ރަށްތަކަށް ކަންތައްތައް ކޮށްދޭން ނުޖެހޭކަމަށާއި ކަންކަން ކޮށްދޭންޖެހޭނީ ބޮޑެތި ރަށްތަކަށްކަމުގައި ވާހަކަދައްކާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެބޭފުޅުން މި ދައްކާ ވާހަކައަކީ ކުޑަ ރަށްތަކުގެ ކަންތައްތަކެއް ކޮށްދޭނެކަމެއް ނެތޭ ބޮޑު ރަށަށް އެކަންޏޭ ކަންކަން ކޮށްދޭންވީ، އެހެންވީމަ އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން އިގޭތޯ. އެއީ ކޮންތާކުން އައި ވިސްނުމެއްކަމެއް އަޅުގަނޑަކަށް ނޭނގެ. އެއީ ރައީސް ޔާމީން ގެންގުޅުއްވި ވިސްނުމެއް އަސްލު، އެއް ރަށަކަށް ހުރިހާ އެންމެން ޖަމާކުރުމުގެ ވިސްނުމަކީ

ރޮޒައިނާ ވިދާޅުވީ އެ ވިސްނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށާއި، އެއީ ކޮންތާކުން އައި ވިސްނުމެއްކަމެއް ނޭނގޭކަމަށެވެ. އަދި އެ ވިސްނުމަކީ އިދިކޮޅުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުއްވި ވިސްނުމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެއް ރަށަކަށް މީހުން ޖަމާކުރުމުގެ ވިސްނުމަކީވެސް ރައީސް ޔާމީންގެ ވިސްނުމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު ރައީސް ޔާމީންގެ ސިޔާސަތުތައް ނަންގަވައިގެން، އެއީ އެމްޑީޕީގެ ސިޔާސަތެއްކަމަށް ވިދާޅުވީމާ ގަބޫލުކުރަން އުނދަގޫކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: