ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ބޯދާ ކަންކަމުން އެމަނިކުފާނުގެ ކެމްޕެއިންއަށް އަސަރުނުކުރާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ރައީސް ސާލިހު އިސްތިއުފާދެއްވުމަށް ނުދަންނަވާކަމަށާއި، އަދި ވިދާޅުވި ވާހަކައަކީ ދެބޭފުޅުންވެސް ހަމަހަމަވާނެކަމުގެ ވާހަކަކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެދިލެއްވީ ސަރުކާރުގެ ވަސީލަތްތައް ބޭނުންނުކުރުމަށްކަމުގައި ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް އެމަނިކުފާނަށްވެސް އަމަލުކުރެއްވިދާނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ތަންތަނަށް ދަތުރުކުރެވޭނެކަމަށެވެ.
ރައީސުލްޖުްމހުރިއްޔާ ވަޑައިގަނެންނެވުމަށް އެ އުޅުއްވަނީ ތިނަދޫއަށް އިގޭތޯ. ވަޑައިގަންނަވާއިރު އެބަ އޮތް ސަރުކާރުގެ މުވައްޒަފުންނަށް ތިނަދޫގެ ކޮންމެސް ތަނަކުން ސިޓީއެއް ލިއެއްފަ ހުރިހާ މުވައްޒަފުން ބޭރަށް ނިކުމެ ތިއްބަވައްޗޭ މިވެނި މިވެނި ހެންނެއް ވަންދެން
ރައީސް ނަޝީދު ވިދާޅުވީ މިއަދު ރައީސް ތިނަދޫއަށް ވަޑައިގަންނަވާތީ ތިނަދޫގެ ސަރުކާރު މުވައްޒަފުންނަށް ސަރުކާރުގެ ކޮންމެވެސް ތަނަކުން ސިޓީއެއް ފޮނުވާ ނިކުތުމަށް އަންގާފައިވާކަމަށާއި، ހަމައެފަދައިން ސުކޫލުތަކުގެ ދަރިވަރުންވެސް ނިކުތުމަށް އަންގާފައިވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެބާވަތުގެ ކަންކަން ކޮށްގެން ލިބޭނެ ރަނގަޅު ނަތީޖާއެއް ނެތްކަމަށާއި، ނަމަވެސް މި ބާވަތުގެ ބޯދާ ކަންކަން ކުރެއްވީމައި ޕާޓީއަށް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން އަށް ރައީސް ސާލިހުގެ މިފަދަ ބޯދާ އަމަލުތަކުގެ ސަބަބުން އަސަރުނުކުރާކަމަށެވެ.
ތަކުރާރުކޮށް ރައީސް ސާލިހުގެ އަމަލުތަކަކީ ބޯދާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިއީ ވޯޓު ލިބޭނެ ކަންތައްތަކެއް ނޫންކަމަށެވެ.
އެއީ ވޯޓު ލިބޭކަމެއް ނޫން އެއީކީ. އެ މީހުން ވަރަށް އެއްޗެހި ކިޔާކަމެއް، އަދި ކުދި ކިޔަމުން ރަށު ތެރޭ ހިގީމަ. އަދި ދެން އެ ސީޓީއެއް އެކަކު އަނެކަކަށް ދައްކާފަ. މިއޮތީނުންހޭ މިއޮތީނުންހޭ ކިޔާގެން ވާހަކަދައްކަން. ހަގީގަތުގައި ބޮޑު ސިންގާ ނެގެޓިވްކަމެއް. އަދި ޓީޗަރުން ކައިރީގައި ދަރިވަރުން ގެންނާށޭ ބުނީމައިވެސް ދެން ކުދި ކިޔާވަރު އަސްލު އަޅުގަނޑަށް އެގޭ ކުދި ކިޔާވަރު
ރައީސް ސާލިހު ނުފޫޒުގެ ބޭނުންކުރައްވައިގެން ޖަލްސާތަކަށް މީހުން ނެރުމަށްޓަކައި ކުރައްވާ މަސައްކަތުގެ ސަބަބުން ރައްޔިތުން އެމަނިކުފާނަސް ކުދި ކިޔާވަރު އެގޭނީ ހުދު އޭނާއަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެން ނެހެއްދެވުމަށް ރައީސް އަށް އިލްތިމާޒްކުރެއްވިއެވެ. އަދި އެދިލެއްވީ ކެމްޕެއިންތައް އެމްޑީޕީގެ ސިފައިގައި ކުރެއްވުމަށާއި، ރައީސުލްޖުމްހުރިއްޔާއަކީ މާ ބޮޑު ހައިބަތެއްކަމުގައި ދެއްކެވުމަށް ނޫޅުއްވުމަށެވެ.

