ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވޯޓު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެ: ނަޝީދުގެ ޑިފެންސް މިނިސްޓަރު އަމީން

ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް: ފޮޓޯ/ ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮންނާނެކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިިގަންނަވާނެކަމަށް އަމީން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވާދަކުރެއްވުމަށްފަހު ނާކާމިޔާބީ އާއި ކުރިމަތިލައްވާފައިވަނިކޮށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް ސާލިހަށް ލިބިވަޑައިގަތީ ވޯޓުގެ 61.10 އިންސައްތަކަމަށްވާއިރު، ރައީސް ނަޝީދު ނާކާމިޔާބީ އާއި ކުރިމަތިލެއްވީ 38.90 އިންސައްތައިގެ ވޯޓާއިއެކުއެވެ.

ރައީސް ނަޝީދު ކުރިމަތިލައްވާނެކަމަށް އަމީން ވިދާޅުވެފައިވާއިރު، ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ސާލިހުވަނީ އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު އަރުވާފައެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ވާދަވެރިކަން ވަނީ ނުމުމަކަށް އައިސްފައިކަމަށެވެ. އެހެންކަމުން ދެން ވާދަވެރިންވެސް ޕާޓީގެ މިސްރާބަށް ވާސިލުވުމަށް މަސައްކަތްކުރަންވީ ވަގުތު ޖެހިފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާއި އެކު، ޕްރައިމަރީގެ ނަތީޖާ ޝީޓުތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް ބަޔާނެއް ނެރިފައެވެ. ފިކުރެއްގެ ދިރުން ޓީމުން ބުނެފައިވާގޮތުން، ބައެއް ފޮށިތަކަށް ވޯޓު އެޅުމަށް ހައްގު އޮތް މިންވަރަށްވުރެ ގިނަ އަދަދެއްގެ މީހުން ވޯޓު އަޅާފައިވެއެވެ. އެހެންކަމުން އެ ޓީމުން އަދި ނަތީޖާތައް ދިރާސާކުރާނެކަމަށް ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ރައީސް ނަޝީދު ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރައްވައެވެ.

ވަރަށް ގަދަ
85%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: