ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އުޅެނީ އެމްޑީޕީ ވުޖޫދުން ފޮހެލަންކަމުގެ ތުހުމަތު!

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަނީ ޕާޓީ ވުޖޫދުން ފޮހެލުންކަމަށް ބުނެ އެމަނިކުފާނަށް ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބު ކުރެއްވުމުން، ރައީސް ނަޝީދު ހުށައެޅުއްވީ ”ފިކުރެއްގެ ދިރުން“ ނަމުގައި ޕާޓީގެ ތެރޭގައި ގޮފިތަކެއް ހިންގުމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ފަހުން ކެނޑިޑޭޓަކު ކަނޑައަޅާނެކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނު ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ވާހަކަތައް ދައްކަވަމުންކަމަށްވެސް ގިނަ މެންބަރުންތަކެއް ގަބޫލުކުރައްވައެވެ. އެގޮތުން ޕާޓީއިން ކަނޑައަޅާ ކެޑިޑޭޓަކަށް ތާއިދުކުރުމަކީ ޕާޓީގެ މެންބަރުންނަށް އަސާސީ ގަވާއިދުން ލާޒިމްކުރާކަމެއް ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަމަށްވެސް ވިދާޅުވަމުންނެވެ.

މިފަދަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ޓުވީޓެއް ކުރައްވާ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގޮފި ހެދޭނީ ޕާޓީގެ މެންބަރުންގެ ތެރެއިންކަމަށާއި، ގޮތްޕެއްގައި ބައިވެރިވެވޭނީވެސް ޕާޓީގެ މެންބަރުންނަށްކަމަށެވެ.

އެ ނޫން ގޮތަކަށް ގޮތްޕެއް ނެހެދޭނެކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވެފައިވަނީ މިހާރު ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ އެމްޑީޕީ ވުޖޫދުން ފޮހެލުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއްކަމަށެވެ. އަދި މިއީ ޕާޓީގެ ރައީސްކަމުގައި ހުންނަވާ ރައީސް ނަޝީދު ކުރައްވާ ވަރަށް ދެރަކަމެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކުގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހާއި މެދު ކިތަންމެ ބޮޑެތި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް ޕާޓީ ދޫކޮށްލައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި އެއީ އުވިގެން ގޮސް، އެއްކޮށް ހަލާކުވެގެން ދާނެ ޕާޓީއެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ވަރުގަދަ، އަދި އެންމެ ތާއީދު އޮތް ޕާޓީއެއްކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއީ ބަލިވާނެ ޕާޓީއެއް ނޫން ކަމަށެވެ.

އަޅުގަނޑު ދަންނަ ސިޔާސީ މަސަައްކަތް ހިިންގެނީ އިންތިޒާމ ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެކަނި، އަދި ދެކޭ ގޮތުގައި އެއީ ނޫޅެވޭނެ ޕާޓީއެއް ނޫން، ގަޑަބަޑު ޕާޓީއެއް ނޫން، އެއީ ގަދަ ޕާޓީއެއް، އެއީ އަޅުގަނޑު ދުވަހަކުވެސް ދޫކޮށްލާފައި ދާން ގަސްތު ކުރާ ޕާޓީއެއް ނޫން

ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދިއުމަށް ދުވަހަކު ވެސް ގަސްތެއް ނުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކާއި، އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ޕާޓީގެ ތެރޭގައި އިންތިޒާމުވެ ތިބުމަށް ފުރުސަތު އެބައޮތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: