ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގައި ތިބީ ރައީސް ޔާމީން ސަލާމަތްކުރުމަށް އުޅުއްވާ ބޭފުޅުންނެއް ނޫން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތްކުރުމަށް އުޅުއްވާ ބޭފުޅުން ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިހުލާސްތެރިކަމާއިއެކު ރައީސް ޔާމީން ސަލާމަތްކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ، އިދިކޮޅުގެ ލީޑަރޝިޕްގައި ގިނައީ އެހެން މަގްސަދެއް ހާސިލްކުރައްވަން އުޅުއްވާ ބޭފުޅުންކަމަށެވެ. އަދި މިކަން ދަނީ އެއް ދުވަހުން، އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުންކަމަށް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާއި ހަވާލު ކުރި ނަމަވެސް އެމަނިކުފާނު ހުންނެވީ ހުކުމެއްގެ ސަބަބުންކަމަށްވުމާއި އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. ރައީސް ޔާމީން ހުކުމެއްގައި ހުންނެވުމުގެ ސަބަބުން، އެމަނިކުފާނު ނޫން އިތުރު ކެނޑިޑޭޓަކަށް ފުރުސަތު ދޭން ޖެހޭކަމަށް ގިނަ ބަޔަކު ބުނަމުން ދާތީ ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.

ރައީސް ޔާމީނަށް ފުރުސަތު ނެތްކަމަށް ފާހަގަކުރާ ވާހަކަތަކަށް ޕީޕީއެމް އިން ވަކި ޖަވާބެއް ދީފައި ނުވާއިރު، ބާއްވާ ޖަލްސާތަކުގައި އާއި އަދި ނުސްވެރިންގެ ބައްދަވުންތަކުގައިވެސް ތަކުރާރުކޮށް ފާހަގަކުރަމުން އަންނަނީ އަދިވެސް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިދިކޮޅުގެ ބައެއް ބޭފުޅުން މަސައްކަތްކުރަނީ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކުރުން ލަސްވަނީވެސް އިދިކޮޅުގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީން ސަލާމަތްކުރުމަށް ބޭނުންނުވާތީކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: