ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ތުހުމަތު ކުރައްވާ ގޮތުން މިއަހަރުގެ ފުރަތަމަ މަހު އާސަންދައިން ކުރި ހަރަދު ބޮޑުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ބޮޑެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން މަޖިލީހުގައި ބަހުސްކުރެވެމުންދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ، ފިނޭންސްއިން ނެރެމުންދާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން“ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ހަރަދުތަކާއި މި އަހަރުގެ ހަރަދުތަކާއި އަޅާ ބަލާއިރު ބޮޑު ތަފާތެއް ދައްކާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި އާސަންދައަށް ހަރަދުކޮށްފައިވަނީ 67.9 މިލިއަން ކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 283.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދިޔަ އަހަރު އަދި މި އަހަރާއި އަޅާ ބަލާއިރު 4 ގުނައިން ބަލި މީހުން އިތުރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ބަދަލެއް އައީ އެތެރޭގެ އިންތިހާބަކާއި ގުޅިގެން ތޯ ނުވަތަ ހަގީގަތުގައިވެސް ބަލި މީހުން ހަތަރު ގުނައަށް އިތުރުވެފައިވަނީތޯ މަޖިލީހުން ސުވާލު ކުރަންޖެހޭކަމަށެވެ. އަދި އެކަންކަމާއި ގުޅޭ ގޮތުން މެމްބަރުން ވިސްނާވަޑައިގަންނަވާނެކަން އެމަނިކުފާނު ޔަގީން ކުރައްވާކަމަށާއި ސަރުކާރުން ޝާއިއުކުރާ މައުލޫމާތުތައްވެސް ބައްލަވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ތަނުން އިތުރުވެފައިވުމަކީ މަސް ދުވަހުގެ ތެރޭގައި އިތުރުވެފައިވާ އިތުރުވުމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: