ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި މިކްސްޑް ރެޒިޑެންޝަލް މަޝަރޫޢުތައް ބާރަށް ކުރިއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް އެޗް.ޑީ.ސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަޝްރޫޢޫތަކުގެ ތެރޭގައި މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ވަނީ  ހިންގިފައެވެ. މިގޮތުން، 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު ޖުމްލަ 5198 ޔުނިޓް ހިމެނެއެވެ. މި ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތަކެއް ސޮއި ކުރެވި މަސައްކަތްތައް ވަނީ ފެށިފައެވެ.

މިމަޝްރޫޢޫތައް ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރެއް ކަމުގައި މި ކޯޕަރޭޝަނުން ޤަބޫލުކުރަމެވެ. މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާކަން ފާހަގަކޮށްލަމެވެ. މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް %60 ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައިވެސް މިކޯޕަރޭޝަނުން ޤަބޫލުކުރަމެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި އާރް.ސީ.ސީ އާއި ހަވާލު ކުރެވިގެން ހިންގޭ މަޝްރޫޢުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްޤީ ކުރެވިގެން ދާނެއެވެ. މިހާރު މި މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފައެވެ. އަދި ސާސެ ގްލަޓްއާއި ހަވާލު ކުރެވިގެން ތަރައްޤީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، އެސް.ޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކުރެވުނު 105 ޔުނިޓް، ފެޑޯ އާއި ހަވާލު ކުރެވުނު 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރެވިގެން ތަރައްޤީ ކުރާ 162 ހިމެނެއެވެ. މިގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވިގެންދާ މަޝްރޫޢުގެ 58 ޕަސަންޓް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާ ވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗް.ޑީ.ސީން ކުރަމުންދާ  މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސަންޓޭޖެއް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރެވެމުންނެވެ. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވުނު 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕަރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.  އަދި އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތް ވެސް ވަނީ 98 ޕަސަންޓް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: