ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަނީފް ރައީސް ނަޝީދަށް: މަނިކުފާނު ތި ގެންގުޅެނީ ކޮން ކަހަލަ ޑިމޮކްރެސީއެއް؟

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފްގެ ކެމްޕެއިނުގައި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުކުރައްވާ ޑިމޮކްރެސީގެ އުސޫލުތަކާއިމެދު މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ސުވާލު އުފައްދަވައިފި.

ރިޔާސީ އިންތިހާބުގެ ކަންކަމާއިމެދު ރައީސް ނަޝީދު އާއިއެކު މަޝްވަރާތައް ކުރެވެމުންދާކަމަށް ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓަކުން އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އާއިއެކު މަޝްވަރާއެއް ކުރަން ނެތް ކަމަށެވެ. އެހެންނަމަވެސް ފާޑުކިޔުންތައް އަމާޒުވުމާއިއެކު، އެމަނިކުފާނު ފަހުން ވިދާޅުވީ، އެމްޑީޕީ އާއިއެކު މަޝްވަރާތައް ކުރަން އޮތް ނަމަވެސް ރައީސް ސާލިހު އާއެކު ކާމިޔާބީ ލިބިގެންދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވައި، ސަނީފް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ސަނީފް ވިދާޅުވީ، އެމަނިކުފާނަކީ ޑިމޮކްރެސީ ހިފައިގެން ދުވި މީހުންކަމަށެވެ.

ރައީސް ނަޝީދު އަދި ތާއީދު ކުރައްވާ ބޭފުޅުންގެ ކިބައިގައި ބަލި ގަބޫލު ކުރެއްވުމުގެ ހިތްވަރު ނެތްކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، މުޅި ޕާޓީ ފުނޑާލުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އަދިި މިހާރު އަމަލުކުރައްވަނީ ހުދުމުތާރު ގޮތްތަކެއްގެ މަތިންކަމަށް ފާހަގަކުރެއްވިއެވެ.

ސަނީފު ވިދާޅުވީ، އަމަލު ކުރައްވަމުންދާ ގޮތުގެ ސަބަބުން ސުވާލު ކުރައްވަން އޮތްކަމަށެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދުވަނީ ޕާޓީއާއި މަޝްވަރާއެއް ކުރަން ނެތްކަމަށް ވިދާޅުވެފައިކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވާ ޑިމޮކްރެސީއަކީ ކޮބާ ތޯ އެނާ އެއްސެވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: