ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ސަރުކާރަށް ސަނީފްގެ ފާޑުކިޔުން: “ފެންނަނީ ކީހާ ޅެން ފަރިއްސައްވެ ނިމޭ ތަން”

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަންކަން ހިނގާ ދަނީ ދެއްކި ވާހަކައާއި އެއްގޮތަށް ނޫންކަމަށް ވިދާޅުވެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް އާ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ދެއްކި ބައެއް ވާހަކަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ގައުމު ބަގުރޫޓުވާކަމުގެ ވާހަކައާއި، އެކަމުގެ ސަބަބުން ދައުލަތުގެ ހަޒާނާ އެއްކޮށް ހުސްވެފައިވާކަމަށް މާނަކޮށް ދެއްކެވި ވާހަކަތައްވެސް ސަނީފް ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަމަށް އައުމަށް އެންމެ ގަދައަށް ވިއްކެވި އެކައްޗަކީ ރާއްޖެ ބަނގުރޫޓުވަނީއޭ ދައުލަތުގެ ހަޒާނާގައި ލައްޑޫގަނޑެއް ހާ މިންވަރުވެސް ނެތޭ. ހަރަދު ކުޑަކުރާނަމޭ.

ސަނީފް ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާތީ އިސްރާފު ނުކުރުމަކީ އާ ސަރުކާރުގެ ވައުދެއްކަމަށް ވިދާޅުވެ ސަނީފް ވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް 22 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ހަވާ އެރުވުމަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. ބޭރުގެ ވަފުދުތަކުގެ ހަރަދާއެކު ޖުމްލަ 70 މިލިއަނާއި ގާތް ކުރާކަމަށް ފާހަގަކޮށް މުލިއާގޭގެ މަރާމާތަށް 16 މިލިއަން ހަރަދުކުރަން ނިންމާފައިވާކަން ފާހަގަކޮށް ސަނީފް ވަނީ ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފެންނަމުންދަނީ ‏ކީހާ ޅެން ފަރިއްސަވެ ނިމޭ ތަންކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 13%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: