ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން ގައުމީ ސަލާމަތަށް ނުރައްކާކުރިކަމަށް ބުނާ ވާހަކަތައް ދޮގުވެއްޖެ ނަމަ ފިޔަވަޅު އަޅާނަން: ސަނީފު

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ގައުމުގެ އިސްތިގުލާލު ގެއްލިގެންދާ ފަދަ އަމަލުތަކެއް ހިންގިކަމަށް ބުނާ ވާހަކައަކީ ދޮގެއް ނަމަ އެ ވާހަަކަތައް ފެތުރި މީހުންނާއި ދެކޮޅަށް މަޖިލީހުން އެޅުނު ފިޔަވަޅެއް އަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ސަނީފްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ ސަރަހައްދީ އިމުން ބައެއް ވިއްކާލާފައިވާކަމަށް ބުނާ ވާހަކައަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން ވެރިކަމަށް އައިސްފައިވަނީ ރައްޔިތުންނަށް ވަރަށް ގިނަ ވާހަކަތަކެއް ވިއްކައިގެންކަމަށެވެ. ސަނީފް ވިދާޅުވީ، އެ ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި އިންޑިއާގެ ސިފައިންތިބި ވާހަކަ ހިމެނޭކަމަށެވެ.

އޭނާ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް އެ ވާހަކަތައް ދެކެވުނުކަމަށާއި ދިވެހި ރައްޔިތުންނަށް އިންޑިއާއަށް ގޮސް އުޅެން އުންދަގޫވާ މިންވަރަށް އިންޑިއާ އައުޓް ހަރަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށް ސަނީފް ފާހަގަކުރެއްވިއެވެ.

ސަނީފް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ހާލަތަކަށް ވައްޓާލިތޯ ބަލަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަމެއް ކޮށްފައިވާނަމަ އެމްޑީޕީގެ ސަރުކާރުގައި ތިބި ޒިންމާވާ ފަރާތްތަކާއިމެދު ފިޔަވަޅުތައް އެޅެންޖެހޭކަަމަށެވެ.

ސަނީފް ވިދާޅުވީ، ގައުމެއްގެ މަގާމުތަކަށް އިންތިހާބުވެފައިތިބި ބަޔަކުމީހުން ގައުމުގެ އިސްތިގުލާލު ގެއްލިދާފަދަ އަމަލުތަކެއް ހިންގާފައިވާނަމަ އެ މައްސަލަ ބެލެންޖެހޭނެކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށް ސާބިތުކުރެވޭނަމަ އެ ދޮގުތައް ހެދި މީހުންނާއިމެދުވެސް ފިޔަވަޅުތަކެއް އެޅެންޖެހޭކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ދިވެހި ތާރީހަށްޓަކައި ކުރަންޖެހޭކަމަށާއި އެކަން ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި ކުރިއަށް އޮތްތާނގައި އެފަދަ ގޮތަކަށް ދޮގު ވާހަކަތައް ފެތުރުމުގެ ޖާގަ ނުދިނުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ، އެ ފަދަ އަމަލުތަކެއް ހިންގި ބަޔަކާއިމެދުވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ.

ސަނީފް ވިދާޅުވީ، ދައްކާފައިވާ ވާހަކަތަކުގެ ދޮގު ތެދު ހާމަަކުރުމުގެ ގޮތުން އެމްޑީޕީއިން އިންކުއަރީއެއް ހެދުމަށް އެދޭކަމަށާއި އެމްޑީޕީގެ ތެރޭގައި އެފަދަ ކަމަކަށް ޒިންމާވާންޖެހޭ ބަޔަކު ތިބިކަމަށް ވާނަމަ ފިޔަވަޅުތައް އެޅުމަށް އެދޭނެކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެޅެންހުރި ފިޔަަވަޅެއް އަޅުއްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އެއީ ދޮގު ވާހަަކަތަކަކަށް ވެއްޖެ ނަމަ އެ ވާހަކަތައް ފެތުރި ބަޔަކާއިމެދުވެސް ފިޔަވަޅު އަޅަން ފޮނުއްވާނެކަމަށް ވިދާޅުވިއެވެ. ސަނީފް ވިދާޅުވީ، މަޖިލީހުގެ ތެރެއިންވެސް އެޅެން އޮތް ފިޔަވަޅެއް ނަމަ އެޅުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: