ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯގަންވިލާ ދެބެންގެ ކޯޅުން: ހިތުގަ އޮތް ނަފްރަތު މާ ބޮޑީ!

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އޭނާގެ ބޭބެ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓަރު ފަައްޔާޒް އަދި އޭނާގެ ބޭބެ އިބްރާހިމް އިސްމާއިލް އާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ނިސްބަތްކޮށް އިބްރާހިމް އިސްމާއިލް ކުރެއްވި ޓްވީޓަކާއި ގުޅިެންނެވެ.

އިބްރާހިމް އިސްމާއިލްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ބަދަލުގައި ދެވަނަ ބުރުން ވެސް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެހެކަމަށްވާނަމަ ދެވަނަ ބުރުން ކާމިޔާބުކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިބްރާޙިމް އިސްމާއީލްގެ ޓްވީޓަށް ރައްދު ދެއްވައި  އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވަނީ އޭނާގެ ބޭބޭގެ ހިތުގައި އޮތް ނަފްރަތު މާ ބޮޑީ ކަމަށާއި ނުވަތަ ދުވަސްވުމުގެ ސަބަބުން ވިސްނުން ކޮށިކަމަށް ވިދާޅުވެފައެވެ.

އިބްރާހިމް އިސްމާއީލްގެ އެ ވާހައާއި މެދު ފައްޔާޒް ވަނީ ހިތްހަމަ ޖެހިވަޑައިނުގެން ހިތުގައި އޮތް ނަފްރަތު ބޮޑުކަމަށް ވިދާޅުވެފައެވެ. އިބްރާހިމް އިސްމާއީލް އަކީ މީގެ ކުރިން ވެސް ރައީސް ސާލިހް އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުން ގެންދަވާ ބޭފުޅެކެވެ.

އެގޮތުން އިބްރާހީމް އިސްމާއީލް ވަނީ އަދާލަތުން ރައީސް ސާލިހް އަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެފައެެވެ. އޮންލައިން ނޫހެއްގެ ސުރުހީގައި ރައީސަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމާފައިވާ ކަމުގެ ސުރުހީ އާއި އެކު އިބްރާ އިސްމާއީލް ވިދާޅުވީ ސުރުހީ ރަނގަޅު ނޫން ކަމަށާއި ރަނގަޅު ގޮތަކީ ސަރުކާރުން ހިންގާނެ ލާޤާނޫނީ ކަންކަމާ އަނގައިން ނުބުނެ ތިބޭ މަތިން ޕާޓީގެ އިސް މީހުންނަށް މަގާމާއި ފަސާދަ ހިންގުމުގެ ފުރުސަތު ހޯދީ ކަމަށެވެ.

މީގެ އިތުރުން އިބްރާހީމް އިސްމާއީލް ވިދާޅުވެފައިވަނީ އަދާލަތުން އެމްޑީޕީ އާއި އެކު ކޯލިޝަން ހަދަން ބޭނުންވާނެ ކަމަށާއި ނަމަވެސް އެބޭފުޅާ އަށް ނުވިސްނެނީ އެމްޑީޕީ އިން އަދާލަތާ އެކު ކޯލިޝަން ހަދަން ބޭނުންވާ ސަބަބު ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސާލިހް، ކޯލިޝަން ހެއްދެވުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާ މިދަނޑިވަޅުގައި އިބްރާޙީމް އިސްމާއީލް ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ގާނޫނަށް ތަބާނުވެ ފަރީދުންގެ ހައްގު ހިފަހައްޓައިގެން ސަރުކާރަށް އޮވެވެނީ ކޯޓްތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ވެސް މީގެ ދުވަސް ކޮޅެއް ކުރިން އިބްރާހީމް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.އަދި އެއީ ވަރަށް އަސާސީ ވާހަކައެއް ކަމަށްވެސް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ކޯލިޝަން ނުހަދައި އެއް ޕާޓީ އަކަށް އަޣްލަބިއްޔަތު ނުލިބޭނެ ކަމަށް ބުނާ ބުނުމަކީ ގޯހެއް ކަމަށާއި އިންތިހާުގެ ދެވަނަ ބުރެއް ބާއްވަނީ ކޮންމެ ގޮތަކުންވެސް އެކަކަށް 50 އިންސައްތަ ހޯދަން ކަމށާއި އެކަން ވާނެ ކަމަށް އިބްރާހީމް އިސްމާއީލް ވަނީ ވިދާޅުވެފައެވެ. އަދި ކޯލިޝަން ހަދަނީ ފެއިލްވާ މީހުން ވޯޓް ކޮޅެއް ހިފައިގެން އައިސް ކޮންމެވެސް އެކަކު އަތުން ސަރުކާރުން ބައެއް ގަންނަން ކަމަށް އިބްރާހީމް އިސްމާއީލް ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިބްރާގެ ހިތްހަމަ ނުޖެހުން ނުވަތަ ހިތުގައި ތިއޮތް ނަފްރަތަކީ މަންދު ކޮލެޖް ނަމުގައި ދައުލަތުން ކާލަން އުޅުނު ލާރިގަނޑު ނުދީ ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން އުފެދިގެން އުޅޭ ހިތްހަމަ ނުޖެހުމެއް. މަނަމަވެސް ރުޅި އަންނާނެ މަށަށް ދައުލަތުން ކާލެވެން އޮތް އެތައް މިލިޔަން ރުފިޔާއަކަށް ހުރަސް އެޅީމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: