ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދިނުން. ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައެއްގައި މީހަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަން ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ގޭންގު މާރާމާރީތަކެއް ފެށި، ހިނގައި ދިޔަ ހަމަނުޖެހުމެއްގެ ތެރެއިން މަލޭގެ ފިހާރައެއްގެ ތެރޭގައި ވަޅިން މީހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެ އެވެ. ކޮމިޝަނަރު ވިދާޅުވީ ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ކަމަށެވެ.

ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދީފައި ވަނީ 15 ދުވަހެވެ.

މި ހަމަލާދީފައި ވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ ކްރަސާ ނަމަކަށް ކިޔާ ކޮސްމެޓިކްސް ވިއްކާ ފިހާރައެއްގައެވެ. ހެލްމެޓް އަލައި މޫނު ފޮރުވައިގެން ތިބި ބަޔަކު ހަމަލާދީފައިވަނީ، އުމުރުން 30 އަހަރުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނަކަށްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިހާރު އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، އެމީހާގެ ހާލު ސީރިއަސް އެވެ. ހޮސްޕިޓަލުން ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: