ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްއިން އާ ޓެންޑާރ ޕޯޓަލްއެއް ލޯންޗުކުރަނީ

އެމްއޭސީއެލްއިން އަލަށް ތަރައްގީކުރާ ސީޕްލޭން ޓާމިނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ ފަސްވަނަ ދުވަހު އާ ޓެންޑަރ ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމާފައިވާކަން އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.

އެ ކައުންފުނިން ނެެެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، އާ ޕޯޓަލްއެއް ފަރުމާކުރީ ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މަސައްކަތަށްވެސް އިތުރަށް ޓްރާންސްޕޭރެންޓު ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށްކަމަށެވެ.

އެމްއޭސީއެލް އިން ބުނެފައިވާގޮތުން، އަލަށް ލޯންޗުކުރާ ޕޯޓަލް ވެގެންދާނީ ޓެންޑަރިނގްް ހިދުމަތް ލިބިގަންނަ ފަރާތްތައް ބޭނުންކުރާނެ “ސެންޓްރަލައިޒްޑް” ޕްލެޓުފޯރމަކަށެވެ. އަދި އެ ޕްލެޓުފޯމު މެދުވެރިކޮށް ރެޖިސްޓްރަ ކުރުމާއި ރެޖިސްޓްރޭޝަން އޮތް ގޮތް ބެލުމާއި ފޮނުވާ ޓެންޑަރތަކަށް ޖަވާބުދާރީ ވުމުގެ މަސައްކަތްވެސް ކުރެވޭނެކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިންވަނީ ޕޯޓަލް މެދުވެރިކޮށް ކޯޓޭޝަން ހޯދުމުގެ ހިދުމަތްވެސް ލިބިގެންދާނެކަން ފާހަގަކޮށްފައެވެ. އަދި ކަންކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެ ކަން ހިއްސާ ކުރުމަށްވެސް ގޮތް ތަކެއް އިންތިޒާމު ކުރެވިފައިވާނެކަމަށް ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ބުނެފައިވާގޮތުން ޕޯޓަލް ފަރުމާކުރެވިފައިވަނީ ޓްރާންސްޕޭރެންސީ އިތުރުވެގެންދާނެ ގޮތަކަށެވެ. އެހެންކަމުން ޕްރޮކިއަމެންޓު މަސައްކަތް އިތުރަށް އިންސާފުވެރިކޮށް ކުރިއަށް ގެންދެވޭނެކަމަށާއި މި ޕްލެޓުފޯރމު މެދުވެރިކޮށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައްވެސް ގުޅިގެންދާނެކަމަށް އުންމީދު ކުރާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، މީހާ އައިސް ހުށައަޅަން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމަކީވެސް ޕޯޓަލް ލޯންޗު ކުރުމުގެ އެއް މަގުސަދެވެ. އަދި އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް މަދުވެގެންދާނެކަމަށާއި، މަސައްކަތްތައްވެސް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: