އެމްޑީޕީއަށް ވެރިކަމާއި އެންމެ ބޮޑު ޕާޓީގެ މަގާމު ގެއްލުވާލުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަނިކުފާނާއި ތާއީދުކުރައްވާ ފަރާތްތައް ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަންއެއް ހެއްދެވުމަށް މަސައްކަތްކުރަމުންދާކަމުގެ އިޝާރާތްތަކެއް ފެނިގޮސްފައިވެއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކާއިމެދު ނުރުހުންވެވަޑައިގަންނަވާކަން ޝަރީފް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ”ފިކުރެއްގެ ދިރުން“ އިން މަސައްކަތްކުރަމުންދަނީ ހާލަކަށް ހުށައެޅުނަސް ހެޔޮކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފެކްޝަނުން މަސައްކަތްކުރަމުންދަނީ އެމްޑިޕީއަށް ވެރިކަން ގެއްލުވާލުމަށާއި އެންމެ ބޮޑު ޕާޓީގެ މަގާމުވެސް ގެއްލުވާލުމަށް ކަމަށެެވެ.
FikreggeDhirun is hell-bent on making MDP government not only to loose in the upcoming presidential election but its position as a dominant political party, by whatever means available.MDP loyal members who struggled for justice n democracy better keep this in mind.
— Ibrahim Shareef (@AdduShareef) March 1, 2023
ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވާ ކަންކަން ހާސިލު ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ފެކްޝަނުން ތިބީ ކޮންމެ ފަދަ ކަމެއްވެސް ކުރުމަށް ތައްޔާރުގައިކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ”ފިކުރެއްގެ ދިރުން“ އިން ދަނީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމުގެ މަސައްކަތްތައް ވަރަށް ބުރަކޮށް ކުރަމުންކަމަށެވެ. އެހެންނަމަވެސް އެ ފެކްޝަނަށް ވެރިކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި، މަސައްކަތްކުރަމުންދަނީ އިސްކޮށް ތިއްބެވި ބޭފުޅުންނަށް ބާރު ހޯދުމަށް ކަމަށާއި، އެ ބޭފުޅުން މަސައްކަތްކުރަމުންދަނީ ބާރާއި މުއްސަނދިކަން ކޮންމެ ހާލަތެއްގައިވެސް ބޭނުންވެވަޑައިގަންނަވާ ބަޔަކާއިއެކުކަމަށް އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.


One Response
ޕާޓީ ބޮޑުވެގެން ވީ ފައިދާއެއް ނެތް! ކަރަޕްޝަން ޢާއްމު، މާރާމާރީ ޢާއްމު، ނުދަރާ ރަޢިއްޔަތަކު ނެތް، ހުރިހާ ވަޒީފާއެއްގަ ބިދޭސީން!