ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުން ބާރުވެރި ކުރުވަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ: ޖަމްއިއްޔާތައް

ގުޅިފައިވާ ޖަމިއްޔާތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުރިހާ ގިންތިއެއްގެ އަންހެނުންގެވެސް ފުރިހަމަ ބާރުވެރިކަން އަދި ބައިވެރިވުން ކަށަވަރުކުރުމަށް އެކަށީގެންވާ ވަރަށް އަހައްމިއްޔަތު ދެވިގެންދާ މަންޒަރު ފެނިގެން ނުދާކަމަށް ރާއްޖޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އުތެމަ، ޓްރާންސްޕެރެންސީ މޯލްޑިވްސް، ހޯޕް ފޯރ ވިމެން، ރައިސް އަޕް މޯލްޑިވްސް އަދި ފެމެލީ ލީގަލް ކްލިނިކް އިން ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާތަކުންވަނީ، ކަންކަން ހަރަދަނާ ކުރުމަށާއި ގައުމު އާރާސްތުކުރުމަށް ކުރަންޖެހޭ ކަންކަން ބަޔާންކޮށް އެކަންކަން ތަންފީޒުކުރުމަށް ގޮވާލާފައެވެ.

އެގޮތުން، އަންހެނުންނަށް އަނިޔާކުރުމާއި ތަފާތުކުރުމުގެ މައްސަލަތަކުގައި އަނިޔާކުރާ ފަރާތަށް ހިމާޔަތްދިނުން ހުއްޓާލުމަށާއި، މި ފަދަ މައްސަލަތަކުގައި އެންމެ ކުރީ ސަފުގައި ހިދުމަތްތެރިންގެ ގޮތުގައި އުޅޭ ފަރާތްތައް އަހުލުވެރިކުރުވުމަށް ވަނީ ގޮވާލާފައެވެ. ޖަމިއްޔާތަކުންވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގައިވާ މާއްދާތައް މާއުނަވީގޮތެއްގައި ތަންފީޒުކުރުމަށް ގޮވާލާފައެވެ.

ގުޅިފައިވާ ޖަމިއްޔާތަކުންވަނީ ހިންގުމުގެ ނިޒާމު ކުރިއެރުވުމަށާއި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމަށްވެސް ގޮވާލާފައެވެ. އަދި ވިހެއުމާއި ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީ މެއިން ސްޓްރީމް ކުރުމަށްވެސް ގޮވާލާފައިވެއެވެ.

ޖަމިއްޔާތަކުން ބުނެފައިވާގޮތުން، ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ޖިންސީ ފުރައްސާރަތައް ކުރިމަތިވާކަން ރިޕޯޓުތަކުގެ އަލީގައި ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް ހައްލެއްގެެނެސް ޝިކާރައަކަށްވެގެންދާ ފަރާތަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާކަަމަށް ބުނެފައިވެއެވެ.

ޖަމިއްޔާތަކުންވަނީ އިތުރު ތިންކަމެއް ތަންފީޒުކުރުމަށް ގޮވާލާފަައެވެ. އެގޮތުން ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ތަންފީޒު ކުރެވޭ ސިޔާސަތުތައް ކުރެވެމުންދަނީ ޖަވާބުދާރީ ކުރެވޭ ހާމަކަންބޮޑު ގޮތެއްގައިކަން ކަށަވަރުކުރުމަށް ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް އެކުލަވާލަންޖެހޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ކަންބޮޑުވުންތައް ދެނެގަނެ އެ މީހުންގެ ބައިވެރިވުން ހޯދެންޖެހޭކަމަށާއި ނުރަސްމީ މަސައްކަތްތައް ކުރަމުންދާ އަންހެނުން ވިލުންތެރި ބައެއް ގޮތުގައި ހެދުމަށްޓަކައި އެ މީހުންގެ ބޭނުންތަކަށް ހާއްސަކުރެވިގެން އެ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ސިޔާސަތުތައް ބައްޓަންކުރަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: