ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ ރިޔާސީ އިންތިހާބުގައި ޖޭޕީ އިސްވެ އޮވެ ވާދަ ކުރުމަށް ފާސްކޮށްފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ވާދަ ކުރުމަށް ޕަޓީ ކައުންސިލްގެ އިއްތިފާގުން ނިންމައިފި އެވެ.

ކައުންސިލު ބައްދަލުވުމުގައި ނެގި ވޯޓުގައި، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް 49 މެމްބަރުން ތާއީދު ކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، މި އަހަރަކީ ޖޭޕީއަށް ފުރުސަތު ބޮޑު އަހަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހާލަތެއްގައި ދެވަނަ ބުރަކަށް ގޮސްދާނެކަމަށް ބެލެވެ އެވެ.

ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ ހިމެނޭ ކޯލިޝަނަކާއި އެކު އިންތިހާބަށް ނިކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި އެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމާއި ބައްދަލު ކުރެއްވުމަށް ފަހު ވަކީން އިންތިހާބަށް ނިކުތުމުގެ ހިޔާލު ދެއްވައި އެމަނިކުފާނާއި ގުޅިވަޑައިގަތުމަށް އެދިފަ އެވެ. މީގެއިތުރުން، އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ދައުވަތުތަކެއް ވެސް ޖޭޕީއަށް ފޮނުވާފައި ވެއެވެ.

ޖޭޕީއަކީ މީގެ ކުރިން ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރި ޕާޓީއެކެވެ. 2008، އަދި 2013 ގައި ގާސިމް ވާދަ ކުރިއިރު ދެވަނަ ބުރަކަށް ގޮސްފައި ނުވަނީ ކުޑަ ތަފާތަކުންނެވެ. އެއަށް ފަހު 2018 ގެ އިންތިހާބުގެ ފުރުސަތު ގެއްލުނީ ރައީސް އަބްދުﷲ ޔާމީނާއި އެކު އުފެދުނު ހިޔާލުތަފާތުވުންތަކާއި، އަދި އެކި މައްސަލަތަކަށް ފަހު އުފުލި ދައުވާތަކަށް ފަހު އައި ހުކުމަކަށް ފަހު އެވެ. އޭރު އޮތީ އުމުރުން 65 ވެފައިވާ ނަމަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: