ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް!

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލު ކުރުން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުޅި ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީން ސޮއި ކުރެއްވީ، ޑިރެކްޓާރ ޖެނެރަލް ޝާނާ ފާރޫގެވެ.

ޖުމްލަ 89.9 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމަންޓު ޖެހުން އަދި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓު ޖެހުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިޔަށް ދާނެ އެވެ.

މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވައިރޮމެންޓަލް އެސެސްމަންޓެއް ހެދުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: