ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށި ސަރަހައްދުގައި ހުރި އުޅަނދުތައް ހުސްކުރުމުގެ އުސޫލުތައް އާންމުކޮށްފި

ތިލަފުށި : ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގައިތިބި އުޅަނދުތައް ހުސްކުރުމުގައި އަމަލުކުރާނެ އުސޫލެއް ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން، ސިނާއީ ދާއިރާގެ ތެރެއިން ކުރިމަތިވެފައިވާ މައްސަލަތައްކަަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާކުރެވިފައިވާ ތިލަފުށި މާސްޓާޕްލޭނާއި އެއްގޮތަށް ތިލަފުށި އަދި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން އެ މަސައްކަތްތައް ކުރުމުގައި ދިމާވަމުންދާ ދަތިތައްވެސް ހައްލު ކުރުމަށް އެޗްޑީސީއިން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެޗްޑިސީއިން ބުނީ މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަހައްދުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތައް ދޫކޮށްލާފައިވުމެވެ. އެ ކުންފުނިން ބުނެފައި ވަނީ އޭގެ ސަބަބުން މާސްޓާ ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ތިމާވެއްޓަށްވެސް އެތައް ގެއްލުންތަކެއް ލިބެމުންދާކަމަށް ބުންޏެވެ.

މައްސަލަ ހައްލު ކުރުމުގެ އުސޫލެއް ކަނޑައަޅާފައިވާކަމަށް އިޝާރާތްކޮށް އެޗްޑީސީއިން ބުނެފައި ވަނީ، އެ ސަރަހައްދަށް ދޫކޮށްލާފައިވާ އުޅަނދެއްކަމަށް ކަނޑައެޅުމަށްޓަކައި އެ އުޅަނދު އޮތްތަނަކާއި ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އުނދަގުލެއްވޭތޯވެސް ބަލާނެކަމަށެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް ރިއާޔަތްކުރުމަށް އެޗްޑީސީއިން ނިންމާފައިވާއިރު، އިތުރު ނުކުތާތައްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެޗްޑީސީއިން ބުނެފައިވާގޮތުން، ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ނޭދެވޭ އަސަރެއް ކުރާނެއް އުޅަނދެއް ނަމަ ވަގުތުން ވަގުތަށް އެ ސަރަހައްދުން އުޅަނދު ނަގާނެކަމަށެވެ.

އެ ކުންފުނިން ބުނީ ދޫކޮށްލާފައިވާ އުޅަނދެއް ނަމަވެސް ބޭއްވުމަށް ވަކި މުއްދަތެއް ލިބޭނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ޔަގީންވާނަމަ އެއްޗެއްގެ ހާލަތު ހުރި ގޮތަށް ބަލައި ހަތް ދުވަހާއި ތިރީސް ދުވަހާއި ދެމެދުގެ މުއްދަތެއް ދޭން ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ. އެޗްޑީސީއިން ބުނެފައިވާގޮތުން ވެރިފަރާތް ކަށަވަރު ނުކުރެވޭ އުޅަނދެއްނަމަ ވެރިފަރާތެއް ހޯދުމާއި އެ އުޅަނދާއިމެދުވެސް އަމަލުކުރާނެ އުސޫލެއްވެސް އެ ކުންފުނިންވާނީ ގެޒެޓުގައި ތަފްސީލުކޮށްފައެވެ.

އެޗްޑީސީއިން ބުނީ އެ ގޮތަށް އުޅަނދުތައް ދޫކޮށްލުމުގެ ސަަބަބުން މިހާރުވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައިވެއެވެ. އަދި އުޅަނދުތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮތް ކަމަށާއި އެ ކަންކަމަށް ޒިންމާ ނުވާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: