ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފުރުސަތުގައި އިސްކަން ދޭންވީ އަމިއްލަ ނަފްސަށް ހެޔޮ އެދޭ ފަދައިން އަނެކާއަށްވެސް އިހުތިރާމުކުރުމަށް: ގާސިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަޟްހާ އީދުގެ އުފާވެރި ފުރުސަތުގައި އިސްކަން ދޭންވީ ތިމާއަށް އަމިއްލަ ނަފްސަށް ހެޔޮ އެދޭ ފަދައިން އަނެކާއަށްވެސް އިހުތިރާމު ކުރުމަށްކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަޟްހާ އީދުގެ މުނާސަބަތު ފާހަގަކޮށް ގާސިމްވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް އަދި އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އޭނާ ވިދާޅުވީ މި އީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް އާއިލާގެ ދެމެދު ކުލުނާއި ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުސަތެއްކަމަށެވެ. ގާސިމް ވިދާޅުވީ، މި ފުރުސަތުގައި އިސްކަން ދޭންވާނީ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން އަނެކާގެ ހައްގަށް އިހުތިރާމު ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އީދުގެ އުފަލުގައި މުޖުތަމައުގެ އެންމެން ބައިވެރިކޮށް އިސްލާމީ ރީތި އަހުލާގީ މިންގަނޑުގެ ތެރޭގައި އުފާ ފާޅުކުރަމުން ގެންދެވުމަށާއި، އެންމެންގެ މަދުގައި ގުޅުންތައް ބަދަހިކޮށް އެއްބަައިވަންތަކަން އާލާ ކޮށްދެއްވުމަށް މާތްﷲގެ ހަޒްރަތުގައި ދުއާ ދަންނަވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: