ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ތެރެއިން ފެންނަ ގޯސްތަކާއި އެކު ރައްޔިތުންގެ ތާއީދު މި ވެރިކަމަށް ނެތް: ޝިއްޕެ

އެމްޑީޕީގެ ކުރީގެ ނައިބު ރައީީސް މުޙައްމަދު ޝިފާޒް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއްގެ ތެރެއިން ގޯސްތައް ފެންނަން ފަށަނީ ރައްޔިތުންގެ ތާއީދު ގެއްލި، އެ ވެރިކަމެއް ބަދަލު ކުރުމަށް ބޭނުންވާ ހިސާބުންކަމަށް އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައި ދާދިފަހުން ޕާޓީން ވަކިވި މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަސާސްތަކާއި އެ ޕާޓީގެ އުސޫލުތައް މިވަގުތު ހުރީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ އާއި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން ޖެއްސުންކޮށް އެއްފަރާތް ކުރާކަމަށް ބުނެ ވަކިވި މެމްބަރުން މިހާރު ކުރަމުން ދަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތަކެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޝިފާޒް ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ ދިވެހިން ދުވަހަކު ވެސް އުންމީދު ކުރި ހާލަތުގައި ނޫން ކަމަށެވެ. މިއަދުގެ ވެރިކަން ދިވެހި ރައްޔިތުން ގެނައި ކުރި ވަރަށް ބުރަ މަސައްކަތުންކަމަށް ޝިފާޒް ވިދާޅުވި އެވެ. އެކަމަކު އެ ދުވަސް ބަދަލުވެ އުންމީދު ކުރި ގޮތާއި ހިލާފަށް ކަންތައް ވަމުންދާއިރު ޕާޓީގައި ދެމިތިބި މެމްބަރުންނާއި ކުރަން ބޭނުންވާ ހަމައެކަނި ސުވާލަކީ ޝިފާޒް ވިދާޅުވި ގޮތުގައި އެ ދުވަހު ބޭނުންވި ބަދަލު ގެނެވުނު ތޯ އެވެ.

ސަރުކާރެއްގެ ތެރެއިން ގޯސްތައް ފެންނަން ފަށާނެ ހިސާބަކީ ރައްޔިތުންގެ ތާއީދު ގެއްލޭ ހިސާބުންކަމަށް ފާހަގަކޮށް ޝިފާޒް ވިދާޅުވީ މިވެރިކަން ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެކަމަށެވެ.

މުވައްސަސާތަކުގެ ތެރެއަށް އާއިލީ ބޭފުޅުން އައްޔަނުކޮށް ނުފޫޒު ބޭނުންކޮށްގެން، ޖެއްސުން ކުރުމަށް މަސައްކަތް ކުރިޔަސް ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރެވޭނެކަމަށް ޝިފާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން ޕާޓީ އުފެއްދުމަށް ދޫކުރަން ޖެހޭ ހުއްދަ ދޫކުރަން ދެން އެ ވާހަކަ ދައްކާނެކަމަށާއި، ރެޖިސްޓްރޭޝަނަށް ހުއްދަ ދިނުން ނޫން ގޮތެއް ނެތްކަމަށެވެ.

ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުންނަކީ ރާއްޖޭގައި ސިޔާސީ މަސައްކަތްތައް ވުޖޫދުކޮށް އެކަން ކުރި މެމްބަރުން ކަމަށެވެ. އެހެންކަމުން އެމްޑީޕީ އުފެއްދުމުގައި އަމަލު ކުރި ގޮތާއި ގުޅޭގޮތުން ނުވަތަ އެ ޕާޓީގެ ކުރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާ ބޭފުޅުންނަކީ އެހެން ސިޔާސީ ލީޑަރުންގެ ފަހަތުން އުޅުއްވި ބޭފުޅުންކަމަށް ޝިފާޒް ވިދާޅުވި އެވެ.

މީގެއިތުރުން ޝިފާޒް ވަނީ ސަރުކާރުގެ ވަޒީރުންގެ ނުފޫޒުތައް ފާހަގަކޮށް އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަމާޒު ކުރައްވައި ޝިފާޒް ވިދާޅުވީ، އޭނާގެ މުޅި ހަޔާތް ހޭދަ ކުރައްވަނީ ވެރިންނަށް ސަނާ ކިއުމުގައި ކަމަށެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ކަން ހިނގަމުން އައި އުސޫލުކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: