ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު އޮބްޒާބް ކުރުމާއި ގުޅޭ ގޮތުން އީސީގެ ރައީސް، އިންޑިއާ ސަފީރާ ބައްދަލުކުރުމުން ފާޑުކިޔުން!

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު، ދިވެހިރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު މަނޫ މަހާވަރު އާއި ބައްދަލު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު، ދިވެހިރާއްޖެއަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު މަނޫ މަހާވަރު އާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމާއި ގުޅިގެން އީސީ އިން ބުނީ ފުއާދު އާއި ސަފީރު މަހާވަރު މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާބް ކުރުމާއި ގުޅޭ ގޮތުންކަމަށެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، އިދިކޮޅުން ސަރުކާރަށް އަމާޒުކުރާ އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އިންޑީއާގެ ނުފޫޒު ސަރުކާރަށް އޮތްކަމަށް ބުނެ ދައްކަވާ ވާހަކަތަކެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަމަލުކުރައްވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަންގާ ގޮތަށްކަމަށް އިދިކޮޅުން ތުހުމަތުކުރަމުންދާއިރު، އިންތިހާބުގެ ކަންކަމުގެ ބަލަދުވެރި ވުޒާރާގެ ރައިސް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރުމުން އިދިކޮޅުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ޕާޓީގެ ލީޑަރޝިޕްގައި އިސްކޮށް ހަރަކާތްތެރިވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވީ ގައުމު އަޅުވެތިކޮށްފިކަމަށެވެ. އަދި އޭގެ އިތުރުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވާކަމަށް އަދި އީސީގެ މެންބަރުންވެސް އަމަލުކުރަނީ ސަރުކާރުގެ ވެރިން އަންގާ ގޮތަށްކަމަށް އިދިކޮޅުން ބުނަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވަނީވެސް އިންޑިއާގެ ނުފޫޒުންކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ. އިދިކޮޅުގެ ތަފާތު އެކި ފުރުސަތުތަކުގައި އިންޑިއާގެ ނުފުޒުން ރާއްޖެ މިނިވަން ކުރަންޖެހޭކަމަށާއި، އެނޫންނަމަ ގައުމުގެ މިނިވަންކަން ގެއްލިގެން ދާނެކަމަށް ބުނެއެވެ.

އިންޑިއާއާއި ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވާ ”އިންޑީއާ އައުޓް“ ނަމުގައި ކުރިއަށް ގެންދެވި ހަރަކާތް އަދިވެސް ކޮންމެސް މިންވަރަކަށް ކުރިއަށްދެއެވެ. ނަމަވެސް ރައީސް ސާލިހުގެ ގަރާރަކުން މި ހަރަކާތް މަނާކުރުމުން، ހަރަކާތަށް މަޑުޖެހުމެއް އައެވެ.

މީގެ ކުރިން ދައްކަވާފައިވާ ވާހަކައެއްގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުލްގައްޔޫމް ވަނީ 2023 ވަނައ ަހަރުގެ ރިޔާސީ އިންތިހާބު އޮންނަނީ ރާއްޖޭގެ ރައްޔިތުންނާއި އިންޑިއާ އާއި ދެމެދުކަމަށްވެސް ވިދާޅުވެފައެވެ. އަދި އެއީ އިދިކޮޅުން ތަމްސީލުކުރަނީ ދިވެހި ރައްޔިތުން ނަމަވެސް، ރައީސް ސާލިހަކީ އިންޑިއާގެ ކެނޑިޑޭޓަކަށްވުމުންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: