ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޑެމިކަށް ފަހު ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ތިންގުނަ ވެއްޖެ: އެމެރިކާގެ ސީއައިއޭ

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ޕެންޑެމިކަށް ފަހު ދިވެހިރާއްޖޭގައި ފަގީރުކަމުގެ މައްސަލަ ތިން ގުނަ ވެފައިވާކަމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއިން (ސީއައިއޭ) ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ފޮރިން އިންޓެލިޖެންސް އެޖެންސީކަމަށްވާ އެމެރިކާގެ ސީއައިއޭއިން އެ މުއައްސަސާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ”ވޯލްޑު ފެކްޓު ބުކް“ ގައި ދިވެހިރާއްޖެއާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތައް އާންމުކޮށް ޝާއިއުކޮށްފައިވެއެވެ. ދިވެހިރާއްޖެއާއި ގުޅޭގޮތުން ލިއުމުގައި އެކި ދާއިރާތަކުން ހޯދިފައިވާ ހޯދުންތައް ހިމަނާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި، ބައިނަލްއަގުވާމީ ގާނޫނީ ޖަމާއަތްތަކުގައި ބައިވެރިވުން އަދި އަސްކަރީ ސަލާމަތީ ބާރުތަކާއި ބެހޭގޮތުންވެސް މައުލޫމާތު ހިމަނާފައިވާއިރު އެހެނިހެން މުހިންމު އެތައް ކަމެއްވެސް ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ”މަތީ މެދުފަންތީގެ“ އާމްދަނީއެއް ލިބޭ ޖަޒީރާ ރަށްތަކަކުން އެކުލެވިފައިވާ ގައުމެއް ބުނެފައިވެއެވެ. އަދި ރާއްޖެއިން އާމްދަނީ ހޯދަމުންދާ މައި ދާއިރާތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ(ޝިޕިން) ދާއިރާކަމަށް ބުނެފައިވާއިރު، ރާއްޖެއަކީ ދަރަނީގެ އަދަދުތައް މަތީގައި ހުރި ގައުމެއްކަމަށްވެސް ބުނެފައިވެއެވެ. އެ ލިޔުމުގައިވާގޮތުން، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައްވެސް ހިނގާކަން ފާހަގަކުރެވޭކަމަށް ބުނެފައިވާއިރު، ރާއްޖެއަކީ ކޮވިޑް19 ގެ ސަބަބުން ބަލިކަށިވެގޮސްފައިވާ ގައުމެއްކަމަށްވެސް ބުނެފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތްވަނީ ޕެންޑެމިކަށްފަހުވެސް ތިން ގުނަވެފައެވެ.

ސީއައިއޭ ވޯލްޑު ފެކްޓު ބުކްގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިއުމެއް: ފޮޓޯ/ ފައިލް ފޮޓޯ
ޝާއިއުކޮށްފައިވާ ލިއުމުން ބައެއް: ފޮޓޯ/ ފައިލް ފޮޓޯ

ދިވެިރާއްޖޭގެ ސަލާމަތީ ބާރުތައްކާއި ގުޅޭގޮތުންވެސް ސީއައިއޭގެ ވެބްސައިޓުގައި ބައެއް މައުލޫމާތުތައް ޝާއިއުކޮށްފައިވެއެވެ. އެގޮތުން ރާއްޖެއަކީ ކަނޑައެޅިފައިވާ ލަޝްކަރެއް އޮތް ގައުމެއް ނޫންކަމަށާއި ނޭވީ އަދި އެއަރފޯސްއެއްވެސް ނެތްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގައި އެމްއެންޑީއެފްގެ ނަމުގައި ”ސެކިއުރިޓީ އުނިޓެއް“ ގާއިމުކުރެވިފައިވާކަމަށާއި އެ ޔުނިޓުގައި އެއްގަމުގެ އިތުރުން ވަޔާއި ކަނޑުމަތީގެ އުކުޅުތައް އެނގޭ ސިފައިން ތިބިކަމަށް ބަޔާންކޮށްފައިވެއެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން، ރައީސްގެ ހިމާޔަތުގައި އޮންނަ ސެކިއުރިޓީ ޑިވިޝަނަކާއި ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕެއްވެސް އެމްއެންޑީއެފްގައި ހިމެނެއެވެ.

އެ މުއައްސާއިން ފާހަގަކޮށްފައިވާގޮތުން ރާއްޖޭގެ އެތެރޭގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވަނީ ފުލުހުންގެ މުއައްސަސާގެ މައްޗަށެވެ. އަދި އެމްއެންޑީއެފްގެ ޒިންމާއަކީ ކައުންޓަރ ޓެރަރިޒަމްކަމަށް ބުނެފައިވެއެވެ. އަދި އެމްއެންޑީއެފްއަށް އެންމެ ގިނަ ވަސީލަތްތައް ފޯރުކޮށްދީފައިވަނީ އިންޑީއާކަމަށްވެސް ބުނެފައިވާއިރު، ފުލުހުންގެ މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދީ ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނުގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެމްއެންޑީއެފްގެ މައި އެއް ޒިންމާކަމަށްބުނެފައިވެއެވެ.

ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކާއި ގުޅޭގޮތުން ސީއައިއޭގެ ލިއުމުގައިވާ މައުލޫމާތުތަކެއް: ފޮޓޯ/ ފައިލް ފޮޓޯ
ސަލާމަތީ ބާރުތަކާއި ގުޅޭގޮތުން ޝާއިއުކުރެވިފައިވާ ލިއުމެއް: ފޮޓޯ/ ފައިލް ފޮޓޯ
އިންޓާރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިއުމުން ބައެއް: ފޮޓޯ/ ފައިލް ފޮޓޯ

މީގެ އިތުރުން އެ މުއައްސަސާއިންވަނީ ބައިނަލްއަގުވާމީ ގާނޫނީ ޖަމިއްޔާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިންވުން އޮތް މިންގަނޑާއިގުޅޭ މައުލޫމާތުތައްވެސް ޝާއިއުކޮށްފައެވެ. އެގޮތުން ރާއްޖޭގެ މައްޗަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ބާރު ހިނގާނެކަމަށް ގަބޫލުކުރާކަމުގެ ލިއެކިއުމެއް (އައިސީޖޭ ޖުރިސްޑިކްޝަން ޑިކްލެރޭޝަން“ އެ ކޯޓަށް ހުށައަޅާފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: