ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ފަލާހު އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އަނެއްކާވެސް ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ފަލާހު ޕީޕީއެމަށް ސޮއިކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަ އެވެ.

ފަލާހުގެ މެމްބަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުން ލިބުނު ނާކާމިޔާބީއާއެކު ފަލާހު ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ. ނަމަވެސް ޖޭޕީގެ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.

ފަލާހުގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންތަކެއް ވެސް މިރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: