އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން #ޓީވިތް އިބޫ މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
#ޓީވިތް އިބޫ އިވެންޓަކީ އަންހެނުންނަށް ޚާއްސަ ކުރެވިގެން ބާއްވާ ހަވީރު ސައެއްކަމަށާއި މި އިވެންޓުގައި ރައީސް ޞާލިހު ބައިވެރިވެވަޑައިންނަވާނެކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުން މަޢުލޫމާތުދެއެވެ.
މިގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި މި ސައި ކުރިއަށް ގެންގޮސް އަދި މާލޭގައި ރައީސް ބައިވެރިވެޑައިންނަވާ ހަފްލާ ހުރިހާ ހަރުގެއެއްގައި ކުރިއަށްދާނެކަމަށްވެސް އެމްޑީޕީއިން މަޢުލޫމާތުދެއެވެ. “އުފާވެރި އަންހެނުންގެ” އިވެންޓް ޓީވިތްއިބޫ މުޅި ރާއްޖޭގައި ބޭއްވުމާއި ގުޅޭ ގޮތުން އެމް.ޑީ.ޕީ އަންހެނުންގެ ރޫހުން ބައްދަކުވުންތަކެއް ވެސް ވަނީ ބާއްވާފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން ގުޅިފައިވާ ކޯލިޝަންގެ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ޒޫމް މެދުވެރިކޮށް ވަނީ ހާއްސަ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ 18 އޯގަސްޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފާވެރި އަންހެނުންގެ އިވެންޓް #ޓީވިތްއިބޫ މުޅި ރާއްޖޭގައި އިންތިޒާމްކޮށް، މުޅި ރާއްޖޭގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާ ހުރިހާ އަންހެނުން މި އިވެންޓްގައި ބައިވެރިވެވޭނެ ގޮތް ހަމަޖެއްސުންކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

