ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ދިރިއުޅޭ ފެންވަރަށް ފައިނު ތަރައްގީ ކުރެވިގެން މިދިޔައީ މި ފަސް އަހަރުގެ ތެރޭގަ: ރައީސް ޞާލިހް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ ފެންވަރަށް ރ ފައިނު ތަރައްގީ ކުރެވިގެން މިދިޔައީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައިކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އަންނަނީ ރ އަތޮޅުގެ ރަށްތަކަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އެގޮތުން މިއަދު އެމަނިކުފާން ވަނީ ފައިނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވާފައެވެ.

ރައީސް ޞާލިހް ވާހަކަފުޅުގައި ރަާއްޖޭގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް އެމަނިކުފާނުގެ 5 އަހަރުގެ ސައުރުގެ ތެރޭގައި ފޯރުކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރ އަތޮޅު ފައިނަށް އަލިއަޅުއްވާ ވިދާޅުވީ، އެ ރަށްުގައިވެސް މީހުން ދިރިއުޅެވޭ ފެންވަރަށް ރަށުގެ އަސާސީ ޙިދުމަތްތައް ފޯރުކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގެވެސް އިޤްތިޞާދު ކުރިއެރުވޭނީ އަސާސީ ހިދުމަތްތައް ލިބިގެންކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން  ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރަށްރަށުގައި ކުރެވޭނެ މަސައްކަތްތައް ދެނެގަނެ ސަރުކާރުން އެ ރަށްރަށަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންވާ ލުއި ލޯނާއި، ރަށުގައި ފަތުރުވެރިކަން ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދޭނެ ކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ހެޔޮ ވެރިކަމުގެ ސިޔާސަޔުގެ ދަށުން ކޮމިއުނިޓީ ބޭންކިންގ ނިޒާމް ޤާއިމްކޮށް ކައުންސިލްތަކާއި ގުޅިގެން އެމަސައްކަތްތައް ކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރަށްރަށް އިޤްތިޞާދީ ގޮތުން ތަނަވަސް ރަށްރަށަށް ހެދުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި މަސައްކަތް ކުރާނެ ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅިވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި ވޭތުވެދިޔަ 5 އަހަރަކީ އެންމެ ގިނަ މަސައްކަތްތައް އެއްފަހަރާ ކުރެވުނު ފަސް އަހަރުކަމުގައި ވިދާޅުވިއެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ފަސް އަހަރު އެއްކޮށް ނުލިބި މަސައްކަތްތަކަށް މަޑު ޖެހުން ނަމަވެސް މިއަދާއި ހަމައަށް އައި އިރު ބޭނުންވި ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ނުގެންދެވި ވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެރިކަމަށް އައުމަށް ވައުދުވެ ފަށާފައިވާ ހުރިހާ މަސައްކަތްތައް ނިންމާލެވޭނެކަމުގެ އުއްމީދު އެބަ އޮތްކަމުގައި ވިދާޅުވިއެވެ.

މި ފަސް އަހަރުގެ ތެރޭގައި އެމަނިކުފާޏުގެ ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާނީ ހިޔާލް ފާޅު ކުރުމުގެ މިނިވަންކަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދީގެން ކަމަށް ވިދާޅިވިއެވެ. މީގެ ނަތީޖާއަކީ ސިޔާސީ ހަލަބޮލިކަމެއް ނެތި ގައުމުގެ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރެވިގެން ދިއުންކަމުގައި ވިދާޅުވިއެވެ.

2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ވީ ބައެއް ވައުދުތައް ފުރިހަމަކޮށްފައިވާކަމަށާއި އަދި މިހާރު މިވާ ވައުދުތައްވެސް ފުއްދައިދޭނެކަމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ. އެހެންކަމުން ވާދަވެރިން އިތުރަށް ރައްޖޭގެ ރަށްތަކަށް ވާނެ ަވައުދެއް ނެތްކަމުގައި ވިދާޅުވިއެވެ.

އާރްޓީއެލްގެ ޙިދުމަތައް އަލިއަޅުއްވާ ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އާރްޓީއެލްގެ ހިދުމަތް ފަށައި މުޅި ރާއްޖެ ވަނީ ކަނޑުމަގުން ގުޅާލާފަކަމަށެވެ. އަދި ވައިގެ މަގުން ވެސް ރާއްޖެ ގުޅާލުމަކީ ތަސައްވުރެއްކަމުގައި ވިދާޅުވިއެވެ. އެގޮތުން ރ އަތޮޅަށް އިތުރު އެއަރޕޯޓްއެއް އެޅުމަށް ދެކުނު ފެރިއިންފަރުގައި އެއަރޕޯޓްއެއް އަޅުމަށް މަޝްވަރާތައް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި މަޝްވަރާތައް ނިމި ރ އަތޮޅުގެ ދެކުނުގެ ރަށްތަކަށް އެއަރޕޯޓްއެއް އަޅައި އެތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބޭނެކަމުގައި ރައީސް ޞާލިހް ވިދާޅިވިއެވެ.

ރ ފައިނަށް ކޮށްދިނުމަށް އިތުރަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ލޭންސްކޭޕް ހަދައި ރަށުގެ ބޭރު މަގުގައި ވަށައިގެން އެއްގަމު އުޅަނދުތަކަށް ދަތުރުކުރެވޭނެ ލިންކް ރޯޑްއެއް ޤާއިމްކޮށްދިނުމާއި، ރަށްުގެ ބަނދަރު އެކްޓެންޝަނަކާއި އެކު ދޯނި އެހެލާ ތަނެއް އިތުރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ޓެނިސްކޯޓާއި މޫދަށް އެރޭނެ ޓްރެކެއް ހަދައިދޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ރަގަޅު ކުރުމަށް މަސައްކަތް ކުރާނެކަމަށާއި، މިއީ ކުރިއަށް އޮތް ދައުރުގައި ފައިނުގެ ތަރައްގީއަށް ކުރަން ރާވާފައިވާކަންކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: