އިންތިޚާބީ މައި މަރުކަޒު (ދަރުބާރުގެ) އަދި ޕޯޓް ކޮމްޕްލެކްސް އިމާރާތުގައި ހުންނަ، އިލެކްޝަންސް ކޮމިޝަނުގެ މައި އޮފީހުގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަ (އީސީ) އިން ހުރިހާ ޕާޓީތަކަށް އަންގައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިހާރު ހަރުކުރެވިފައިވާ މިފަދަ ތަކެތި ވީހާ އަވަހަކަށް ނެގުމަށްވެސް ވަނީ އަންގާފައެވެ.
ޢާންމު ތަންތަނާއި، އަމިއްލަ މީހުންގެ ޢިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ ޢިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އީސީ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

