ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި!

މާގާމުން ވަކި ކުރެވިފައިވާ ޑިފެންސް މިނިސްޓަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ އެ ގައުމުގެ ޑިފެނެސް މިނިސްޓަރު މަގާމުން ވަކިކޮށްފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ރަޝިއާ ޔޫކްރެއިން ދެމެދު ކުރެވެމުންދާ ހަނގުރާމަ އަށް 19 މަސް ވެގެންގޮސްފައިވާއިރު، ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް މަގާމުން ވަކި ކޮށްފައިވަނީ އާ ވިސްނުންތަކެއްގެ މަތިން ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައިކަމަށް ޒެލެންސްކީ ހާމަކޮށްފައިވާކަމަށެވެ.

އެގޮތުން މަޖިލީސް މެދުވެރިކޮށް އެކަން ކުރުމަށް ކަނޑައެޅިފައިވާކަން ކުރީބައިގައި ހާމަކުރިކަމަށާއި، އެނާ މަގާމުން ދުރުކުރަން ނިންމައި ހުށައެޅީ ޒެލެންސްކީކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ޒެލެންސްކީވަނީ ރެޒްނިކޮވް ހަނގުރާމައިގެ 550 ދުވަސް ތަހައްމަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެއަށްފަހު ޒެލެންސްކީވަނީ އެ މަގާމަށް ރުސްތެމް އުމެރޮވްގެ ނަން ހުށައަޅުއްވާފައެވެ.

ޒެލެންސްކީ ބުނެފައިވާގޮތުން، އުމެރޮވް އަކީ އެ ގައުމުގެ ގާނޫނީ ދާއިރާ ދަންނަ މީހެކެވެ. އަދި އޭނާއަކީ އިތުރު ތައާރަފްތަކެއް ބޭނުން ނުވާ މީހެއްކަމަށާއި އެހެންކަމުން އެ ގައުމުގެ މަޖިލީހުގެ އެއްބާރުލުން ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ.  މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އުމެރޮވްއަކީ ޔޫކްރެއިންއަށް ބޭރު ގައުމުތަކުގެ އިންވެސްޓުމެންޓުތައް ހޯދުމަށް ފަރުމާކޮށްފައިވާ މުއައްސަސާއެއްގެ އިސްވެރިއެއްގެ މަގާމު އަދާކުރައްވާ މީހެކެވެ. އަދި އޭނާއަކީ ހަނގުރާމައިގެ މައިދާނުގެ ތެރެއިން ހައްޔަރުކުރެވޭ މީހުން ދެ ގައުމު ދެމެދު ބަދަލުކުރުމުގެ މަސައްކަތްތައް ކުރުމުގެ އިތުރުން ކާޑުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެއްބަސްވުމެއް ގާއިމުކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އުމެރޮވްވަނީ އެކި ފުރުސަތުތަކުގައި ރަޝިއާއިން އެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރާނެކަމާއިމެދު ސުވާލު އުފައްދަވާފައެވެ. މިހާރު އެ އެއްބަސްވުން ގާއިމުކުރުމުގެ މަސައްކަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. ރިޕޯޓުތަކުގައިވާގޮތުން، މި އަހަރު ފެށުނު ހިސާބު ޒެލެންސްކީވަނީ ގިނަ އަދަދެއްގެ ސަރުކާރުގެ އިސްވެރިން މަގާމުން ވަކިކޮށްފައެވެ. އެކަން ކުރީ ހަނގުރާމައިގެ ދުވަސްވަރު ބައެއް އާލާތްތައް ހޯދައި އެއްކުރި މައްސަލައެއްގައިކަމަށާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާއިއެކު ކުރީގެ ޑިފެންސް މިނިސްޓަރު އަމިއްލައަށް އިސްތިއުފާ ދިންކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ގައުމުގެ އަސްކަރިއްޔާ އަށް މީހުން ވެއްދުމުގެ މަސައްކަތްކުރާ މުއައްސަސާގެ ހުރިހާ އޮފިޝަލުން މަގާމުން ވަކި ކުރިކަމަށްވެސް ޝާއިއުކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: