ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ރައީސްކަމަށް އަމްރު ވާދަކުރަނީ!

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަމްރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ނިންމައި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެކަން އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި އިލްޔާސް ލަބީބާއި އެކު ވާދަކުރެއްވި އަމްރު އެ މަގާމަށް ވާދަކުރުމަށް ނިންމާފައިވާކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މިދިޔަ ޖޫން މަހު ރެޖިސްޓްރީ ކުރި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ވާދަކުރުމަށް އަމްރު ނިންމި އިރު އެ މަގާމަށް އިތުރު ބޭފުޅަކު ވާދަކުރާކަން އަދި ސާފެއް ނޫނެވެ. އެކަމަކު އަޑުތައް ފެތުރިފައިފާ ގޮތުގައި އިލްޔާސް ވެސް އެ މަގާމަށް ޝައުގުވެރިކަން އެބަހުއްޓެވެ.

ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ނިންމާފައި ވަނީ ޑިސެމްބަރު 02 ގައި އިންތިހާބު ބޭއްވުމަށެވެ. މިހާ ފަހުގެ ތާރީހެއްގައި އިންތިހާބު ބާއްވާ ސަބަބެއްކަމަށް ޕާޓީން ބުނެފައި ވަނީ، އަންނަ މަހު ނިޒާމާއި ބެހޭ ވޯޓު ވެސް އޮތުމާއި އެކު ވާންޖެހޭ ތައްޔާރީތައް ހުރުމުންނެވެ. އޭގެ އިތުރުން ޕާޓީގެ މެމްބާޝިޕް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް އެބަހުރިކަމަށް ބުންޏެވެ.

ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނު ބުނާގޮތުގައި ޕާޓީ ރެޖިސްޓްރީ ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އެތެރޭގެ އިންތިހާބެއް ބާއްވައި މަގާމުތަކަށް މީހުން ކަނޑައަޅަން ޖެހެ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: