ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ސަރުކާރު ނޭވާހޮޅިއަށްލައި، ފިލައިގެން ދިއުމަށް އެމްޑީޕީއަށް ޖާގައެއް ނެތް: އިލްޔާސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ވެރިކަމުގައި ހެދުނު ގޯސްތައް ގަބޫލު ނުކޮށް، އެމްޑީޕީން މަސައްކަތް ކުރަނީ އެހެން ސަރުކާރެއްގެ ފެށުން ނޭވާހޮޅިއަށް ވައްޓާލުމަށްކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އާދީއްތަ ދުވަހަށް ތާވަލު ކުރިނަމަވެސް ޖަލްސާ ކުރިޔަށް ގެންދެވިދާނެކަމާއި މެދު ސުވާލު އުފެދެ އެވެ. ޖަލްސާގެ ރިޔާސަތުގައި ހުންނަވާނީ ނައިބު ރައީސް އީވާތޯ ނުވަތަ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްތޯ އަދި ކަށަވަރު ނުކުރެވޭއިރު އެމްޑީޕީން ބުނީ އެ ދުވަހުގެ ވޯޓު ކުރިޔަށް ނުގެންގޮސްފި ނަމަ އިންތިހާބީގެ ރައީސްގެ ހުވާކުރެއްވުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ކެބިނެޓަށް ވެސް ނޯ ޖަހާނެކަމަށް އިންޒާރު ދިނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގެ މަސައްކަތް ވެސް ގާތްވެފައި ވަނިކޮށް، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ޖަލްސާތައް ބޮއިކޮޓު ކުރުމުން މަސައްކަތް އެއްކޮށް ހުއްޓި ޑެޑްލޮކަކަށް ދާނެ އެވެ.

މި މައްސަލައިގައި އެމްޑީޕީ ޖަޒުބާތުގައި ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައް ތަކުރާރު ކުރައްވައި ޑިމޮކްރެޓްސް ޖަލްސާއެއްގައި އިލްޔާސް ވިދާޅުވީ އަމިއްލަ ސަރުކާރުގެ ގޯސްތައް ގަބޫލު ކުރަން ދެކޮޅު ހެދުމަކީ އެމްޑީޕީގެ އެންމެ ބޮޑު ބަލިފައި ކަމަށެވެ. ސަރުކާރު ނިންމާލައި، އެހެން ސަރުކާރަކަށް މަސައްކަތާއި ހަވާލުވުމަށް ޖާގަ ދިނުމުގެ ބަދަލުގައި ނޭވާ ހޮޅިއަށް ވައްޓާލުމަށް ކުރާ މަސައްކަތަކީ ހަޑި، އަދި ހުތުރު މަސައްކަތެއްކަމަށް ސިފަ ކުރައްވައި އިލްޔާސް ވިދާޅުވީ އެއީ ޒިންމާވުމުގެ ބަދަލުގައި ފިލުން ކަމަށެވެ.

އިލްޔާސް ވިދާޅުވީ އެ ފުރުސަތު އެމްޑީޕީއަށް އެއްވެސް ރައްޔިތަކު ދީގެން ނުވާނެ ކަމަށެވެ. ސަޕްލިމެންޓްރީގެ ބަޖެޓުގެ މަސައްކަތް ވެސް ކުރިޔަށް އޮއްވައި، އެމްޑީޕީން ގަސްތުގައި މަޖިލީހުގައި މަރުތަޅު އެޅުވުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް އޭނާ ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ އެމްޑީޕީން އެއްބާރުލުން ނުދޭނެކަމަށް ނުވަތަ ބޮއިކޮޓު ކުރާނެކަމަށް ބުނާ ވާހަކަތައް ވެސް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއްގެ ތެރެއިން، ފޯކަސް ގެއްލުވާލައި ކުރަން އުޅޭ އަސްލު ގޯސް ހޯދުމަށް އިލްޔާސް ގޮވާލެއްވި އެވެ.

ރޭގެ ޖަލްސާގައި އިލްޔާސް ވިދާޅުވީ އެމްޑީޕީން ވެރިކަމުގައި ތިބެ ހެދި ގޯސްތައް ކުރިޔަށް އޮތްތަނުގައި އިތުރަށް ހާމަވަމުންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެ ހަގީގަތް ކިޔައިދެމުން ދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެތެރޭގައި ވައްކަން އިތުރުވަމުންދާކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ އެމްޑީޕީ ކަންބޮޑުވަނީ އެ މައްސަލަތައް ބޭރުވާނެތީ ކަމަށެވެ. އަދި އެ މައްސަލަ ބަލާނެކަން ރައްޔިތުންނަށް ސާފުކޮށް އެނގޭކަމަށާއި، އެމްޑީޕީއަށް ފަސޭހައިން ދޫދިނުމެއް ނެތްކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވައްކަންތައް ނުބަލައި ދޫކޮށްލުން ވެގެންދާނީ، އިލްޔާސް ސިފަ ކުރެއްވިގޮތުގައި އެފަދަ ކޮރަޕްޝަންތަކަށް ހުޅުވޭ އިތުރު ދޮރަކަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި، އަޑީގައިތިބި ބަޔަކަށް ހައްގު އަދަބު ލިބޭނެކަމަށާއި، އެ މައްސަލަތައް ބެލުމުގައި ޑިމޮކްރެޓްސް ދެމި އޮންނާނެކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން ވެސް ވަނީ ރައީސް ނަޝީދު ދިފާއު ކުރައްވައި، ޖަޒުބާތުގައި ޖެހި އެމްޑީޕީ ކުރާ މަސައްކަތް ދޫކޮށްލަން ގޮވާލާފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީން ކިތަންމެ ބޭނުންވި ނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރު ނުކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: