ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވިސްނުމަކީ އެއް ސިނާއަތަކަށް ބަރޯސާނުވާ އިގްތިސާދެއް ބިނާކުރުން: މިނިސްޓަރު ސައީދު

ވިސިޓާރ އިކޮނޮމިކް ކައުންސިލު އެކުލަވާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދު އެއް ސިނާއަތުގެ މައްޗަށް ބަރޯސާ ނުކުރަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ވިސްނުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވަނީ ރައީސުލްޖުމުހޫރިއްޔާ އުފައްދަވާފައިވާ ވިސިޓާރ އިކޮނޮމިކް ކައުންސިލު އެކުލަވާލުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ކައުންސިލަކީ ރާއްޖެ ފަދަ ގައުމުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކައުންސިލެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދާއިރާތައް އިތުރުކޮށް ފުޅާކުރުމަށް ރައީސް މުއިއްޒު ވިސްނުންފުޅު ގެންގުޅުއްވާކަމަށާއި އެއް ދާއިރާއަކަށް ބަރޯސާ ވާގޮތަށް އޮތުމާއި އެމަނިކުފާނުގެ ވިސްނުންތައް ދެކޮޅުކަމަށްވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓުއަރިޒަމްއަކީ ދިވެހިރާއްޖޭގެ މައި އިގްތިސާދީ ސިނާއަތުނަމަވެސް އޭގެ އިތުރުން އެހެނިހެން ދާއިރާތައް އުފެއްދުމާއި ފަތުރުވެރިކަންވެސް އިތުރަށް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވިސްނުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވިސިޓާރ އިކޮނޮމިކް ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަކާއި މިނިސްޓްރީތަކަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: