ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ ހަރަދާއި ބިންތަކުގެ ތަފްސީލް ހާމަކުރާނެކަމަށް އާޒިމް ވިދާޅުވެއްޖެ

ފަހި ތަނަވަސް މާލެ މެނިފެސްޓޯ އިފްތިހާހު ކުރުމުގެ ތެރެއިން --- ވަގުތު ފޮޓޯ: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުކަން ލިބިއްޖެނަމަ ކައުންސިލަށް ލިބޭ އެއްޗަކާއި ކުރާ ހަރަދާއި މާލޭގެ ބިންތަކުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މާލެއަށް ހާއްސަ މެނިފެސްޓޯ ”ފަހި ތަނަވަސް މާލެ މެނިފެސްޓޯ“ އިފްތިހާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީއާއި ހަވާލުވިއިރުގައި އެތަނަކީ ގެއްލުމުގައި ހިނގަމުން ދިޔަ ކުންފުންޏެއް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ފަސް އަހަރު އާޒިމް އެކުންފުނީގެ އެމްޑީއަކަށް ހުންނެވި ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު އެވެރެޖްކޮށް 200 މިލިއަން ރުފިޔާގެ ފައިދާ ހޯދައިދެއްވާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޭރެންޓް ވުމާއި ރަނގަޅަށް ހިސާބުތައް ބެލެހެށްޓުމާއި ކަންތައްތައް ރަނގަޅަށް ކުރުމުގެ ނަތީޖާ އަކީ އެއީ ކަމަށް ފަހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެތަނުގެ އާމްދަނީ 1 ބިލިއަނުން ތިން ބިލިއަނަށް ތިން އަހަރުގެ ތެރޭގައި ގެނެސް ދެއްވާފައިވާކަމަށެވެ. އަދި އެއީ އާޒިމްގެ ޓްރެކް ރެކޯޑްގެ ތަންކޮޅެއް ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް ހަވާލުކޮށްފިނަމަ ޕަބްލިކް ފައިނޭންސް މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ ހިސާބުތަކެއް ހާމަކުރަމުންދާނެ ކަމަށް އާޒިމް ވަނީ ވިދާޅުވިއެވެ. ރައްޔިތުންނަށް އިންތިހާބު ކުރާ މީހަކަށް ހަވާލުކުރަނީ ރައްޔިތުންގެ އެއްޗިހި ކަމަށާއި އަދި އެހެންކަމުން އެ މީހުންގެ ފައިސާއާއި މުދަލަށް ވާގޮތްތަށް އިނގެންޖެހޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ޒިންމާ ތަކެއް އެބައޮތް ކަމަށާއި، އެހެންކަމުން އެ ޒިންމާ ބަރާބަރަށް އަދާކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ލިބޭ އެއްޗަކާއި ކުރާ ހަރަދަކާއި އަދި ބިންތަކުގެ ތަފްސީލް ހާމަކުރަމުންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީއިން އިފްތިހާހުކުރި ފަހި ތަނަވަސް މާލެ މެނިފެސްޓޯގައި ވަނީ މާލެ ސިޓީއަށް އެ ޕާޓީން ގެންގުޅޭ ގިނަ ތަސައްވަރުތަކެއް ހާމަކޮށްފައެވެ. އެގޮތުން މާލޭގެ ބިންތަކަށް ރާވާފައިވާ ޕްލޭންތަކާއި ބޯހިޔާވެހި ކަމުގެ ތަސައްވަރާއި ސާފު މާލޭގެ ގިނަ ޕްލޭންތަކެއް ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން މެނިފެސްޓޯ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީފީގެ ރައީސް އާއި އަދި ޗެއާޕާސަން ފައްޔާޒް އާއި އެހެން އިތުރު މެންބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: