ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 130 މިލިއަނާއި ގާތް ކުރާ އަދަދެއް!

ރައީސް ޗައިނާ ދަތުރުފުޅަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން 130 މިލިއަނާއި ގާތް ކުރާ އަދަދެއްގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަ ކުރެއްވީ ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ ޗައިނާ ދަތުރުފުޅުކަން ފާހަގަކުރައްވާ އުފާ ފާޅު ކުރައްވާފައެވެ. އެއީ ޝަރަފެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ޗައިނާގެ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓްމަންޓް ފޯރަމަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު، އަދި ކާމިޔާބު އިންވެސްޓްމަންޓް ފޯރަމްކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކުގައި ބޭއްވެވި ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 130 މިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާ ހަމަޖެހުމަކީ އޭގެ ތެރެއިން ނިމުނު ނިންމުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ރުފިޔާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި.

ރައީސް ވިދާޅުވިއެވެ.

މި އެހީ ހަރަދު ކުރާނީ ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމަށާއި، އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޗައިނާއާއިއެކު ވެވުނު އެއްބަސްވުންތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާ ރައީސް ވިދާޅުވީ ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށެވެ. އެގޮތުން ކާރިސާތައް ކުޑަކުރުމާ ގުޅޭ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ޑިޖިޓަލް އިކޮނޮމީ ޑިވެލޮޕް ކުރުމުގެ ދާއިރާ، ލޯ ކާބަން ގްރީން އިކޮނޮމީ ދާއިރާ އިން އިންވެސްޓް ކުރުމުގެ ގޮތުންނާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތަރައްގީ ކުރުމާ ބެހޭ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: