ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް އަޅަނީ

ފަހި ފަތުރުވެރިކަމަށް އަންހެނުން” އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ސެންޓަރުތަކެއް އެޅުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ”ފަހި ފަތުރުވެރިކަމަށް އަންހެނުން“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމެވެ.

މިނިސްޓަރ ސައިދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ރާއްޖޭގެ ސެންޓްރަލް އޭރިއާތަކެއް، ޑީސެންޓްރަލައިޒް ކުރުން ނުވަތަ ޕޮޕިއުލަރިޓީ ސެންޓަރުތަކެއް ގާއިމް ކުރުން ހިމެނޭކަމަށެވެ. އިކޮނޮމިކް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގައި ޕޮޕިއުލޭޝަން ސެންޓަރުތަކުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމާޒަކީ ސިދާ މުވައްޒަފުންނަށް ހާއްސަކޮށް ވަކި ސަރަހައްދުތަކުގައި ޓްރާންސްޕޯޓް ނެޓްވޯކަކާ އެކީގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް ހެދުންކަމަށް ސައީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ހިފާފާވާ އަމާޒު ހާސިލްކުރުމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ތަރައްގީ ކުރުމަށްފަހު އަމާޒު ހިފާނީ 3 މިލިއަން ފަތުރުވެރިންނަށް ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ތަރައްގީގެ މަޝްރޫއުއާއިއެކު އެއާޕޯޓު އިތުރަށް ބިޒީކޮށް، ފްލައިޓުތައް އިތުރަށް ޖައްސުވާނެކަމަށާއި، ގޮންޖެހުންތަކުން ސަލާމަތްވުމުގެ ހަކަތަ ސަރުކާރާއި، ކެބިނެޓުގައި އެބަހުރިކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ ހިއްސާ އޮންނަ ސިނާއަތެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، މިއަދު ފަތުރުވެރިކަމުގެ ސިނާއަތު ރާއްޖޭގެ އިގްތިސާދުގެ %40 ހިއްސާކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ވަނީ ދާދިފަހުން ވީއައިއޭ އަހަރަކު ޖުމްލަ 25 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރުމުގެ މެގަ ޕްރޮޖެކްޓް އިޢުލާނު ކުރައްވާފައިކަން ފާހަގަކުރައްވެއެވެ.

ކުރީ ސަރުކާރުން ވީއައިއޭގެ މަޝްރޫއުއަށް ސަމާލުކަމެއް ނުދީ، އެ މަޝްރޫއު މަޑުޖައްސާލަފައި އޮތުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށް ވެރިކަމަށް އައުމުގެ ކުރިންވެސް ޕީޕީއެމް/ޕީއެންސީއިން ފާހަގަކުރިއެވެ.

ރާއްޖޭގެ މައި ދޮރާށިއަކީ އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް ލިބެން އޮތްތަނެއް ނަމަވެސް އޭގެ ބޭނުން ނުހިފި އޮތުމުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އަމާޒަކީ މިއަހަރުގެ އަހަރުގެ ޕީކް ސީޒަނުގެ ކުރިޔަށް އައު ޓާމިނަލްގެ ހިދުމަތްތައް ފެށުންކަމަށެވެ. އޭރު ރައީސް ވިދާޅުވި ގޮތަށް މި މަހުގެ 15 ގައިވީއައިއޭގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން މިހާރު ވަނީ ހުޅުވާފައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއުއެކެވެ.

މި އައު ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުރެއެވެ.

އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: