ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގެއަށް ވަރަށް އަވަހަށް ރައީސް ދިރިއުޅުން ބަދަލު ކުރައްވާނެ: ހަލީލް

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާ ގެއަށް ވަރަށް އަވަހަށް ދިރުއުޅުން ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ސުވާލު ކުރުމުން ހަލީލް ވިދާޅުވީ ރައީސް މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާ ވަކި ތާރީހެއް ވިދާޅުވާން ދަތި ކަމަށާއި އެހެން ނަމަވެސް ވީހާވެސް އަވަހަށް ރައީސް މުލިއާގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް މުލިއާގެއަށް ވަޑައިނުގަންނަވާ ދިމްޔާތުގައި މަޑުކުރެއްވީ މުލިއާގޭގެ އާބާތުރަ ފިލުވުމާއި ކުރަންޖެހޭ ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ކަމަށް ހަލީލް ވިދާޅުވިއެވެ. އެހެންކަމުން އެމްއެންޑީއެފް އިން ކުރަންޖެހޭ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި ކަމަށް ހާލީލް ވިދާޅުވިއެވެ.

އެހެންކަމުން މުލިއާގެ މަރާމާތުކޮށް ނިމެންދެން ރައީސް މުއިއްޒުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވާނީ އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައެވެ. މުލިއާގޭގައި އެންމެ ފުރަތަމަ ރައީސަކަށް ދިރިއުޅުއްވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެކަމަކު، އެމަނިކުފާނު އެތަނުގައި ދިރިއުޅުއްވީ ވަރަށް ކުޑަ ދުވަސްކޮޅެއްގައެވެ. އެއީ ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: