ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑް ލިމިޓޭޝަނެއް ގެނައުމަށް ނިންމާފައި ނުވާނެ: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރުފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފް ވާހާކައެއް ކަމަށް ބުނެ ފިނޭންސް އިން ވަނީ ބަޔާނެއް ނެރެފައެވެ.

ފިނޭންސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާ ބަޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް އެ މިނިސްޓްރީ އާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުފަހި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށްވެސް ފިނޭންސްއިން ވަނީ ބުނެފައެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައިހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ޔާގިންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ފިނޭންސްއިން ވަނީ ބުނެފައެވެ.

ފިނޭންސްއިން ބުނެފައިވަނީ އިގްތިސާދީ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރު ކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ރާއްޖޭގެ ހަބަރުފަތުރާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: