ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓަރަކަށް ކުރިން ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަންކުރެއްވި ޒަރީރަށް ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

މެއި 23، 2024ގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވި ޒަރީރު އޭގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް ފުރުއްވިއެވެ. އޭގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންކަން ވެސް އަދާކުރެއްވިއެވެ. ޓެކްސްއާއި އޮޑިޓާ ގުޅޭ އެކިއެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައިވާ އެ ދާއިރާގެ ތަރުޖިބާކާރު ބޭފުޅެކެވެ.

ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝީއާ (އައިއައިޔޫއެމް)ގައި ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސްއިން ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި، އޭނާ ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލުކުރައްވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: