ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ތަންފީޒުވުމާއިއެކު، ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ފިނޭންސް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދަނީ އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ވަށައި ޖެއްސޭނެ ގޮތަށް ރީފޯމްކޮށް، މެދުރާސްތާގެ ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް ”ފިޗް“ އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންއަށް ބަދަލު ކުރުމުން އެމްއެމްއޭ ވެސް ވަނީ ބަޔާނެއް އާންމުކޮށް ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަމުން ދާކަމަށް ބުނެފަ އެވެ. އެމްއެމްއޭ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުން ދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިޔަށްކަމަށް އެމްއެމްއޭ ލަފާކުރި އެވެ.

ހާލަތާއި ގުޅިގެން ފިނޭންސް މިނިސްޓްރީ ނެރުނު ބަޔާނުގައި ވަނީ އިގްތިސާދީ ދުޅަހެޔޮކަން ދެމެހެއްޓޭނެކަމަށެވެ. ފިޗުގެ މި ރޭޓިން އަކީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާތަކުގެ ހިރާސްތައް ހުރި ކަމަށް ބެލެވޭތީ ކޮށްފައިވާ ރޭޓިން އެއްކަމަށްވެސް ބުންޏެވެ.

މިކަމާއި ގުޅިގެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވް އާއި އެކްސްޓާނަލް ސެކްޓާއަށް ހުރި ހިރާސްތައް ކުޑަ ކުރެވޭނެކަމަށް ފިނޭންސްއިން ބުންޏެވެ. އަދި ބޭރު ފައިސާއިން އަދާކުރަން ޖެހޭ ދަރަނިތައް އަދާ ކުރުމަށް ފަސޭހަވެގެންދާނެކަމަށްވެސް ބުންޏެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްރާފު ކުޑަކޮށް، އެންމެ ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ސަބްސިޑީ ދިނުމަށްވެސް ނިންމާފައިވާކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި ހެލްތު އިންޝުއަރެންސްގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް ބުންޏެވެ. ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ކުއްލި ބަދަލާ ގުޅިގެން ފިއުލް ހެޖިން އާ ބެހޭ ސިޔާސަތު ތަންފީޒު ކުރުމާއި ސަރުކާރުގެ ޑިސްކްރެޝަނަރީ ހަރަދުތައް ކުޑަ ކުރުމަށް ރާވާފައިވާކަމަށްވެސް މި ބަޔާނުގައިވެއެވެ.

ފިސްކަލް ސިޔާސަތުތަކަށް ގެނެވޭ ބަދަލުގެ ބޭނުމަކީ ދައުލަތުން ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުންކަމަށެވެ. މިއީ ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތު ރަނގަޅު ކުރުމުގެ މަގްސަދުގައި އެކުލަވާލާއި، ތަންފީޒު ކުރުމަށް ރާވާފައިވާ ބަދަލުތައްކަމަށް ބުންޏެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ފައިސާގެ ދަތިކަމާއި ގުޅޭގޮތުންވެސް މި ބަޔާނުގައިވެއެވެ. އެގޮތުން ހައްލެއް ހޯދުމުގެ ގޮތުން އެކުވެރި ދައުލަތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ދަނީ މަސައްކަތް ކުރަމުންކަމަށް ބުނެފައިވެއެވެ.

މި ސިޔާސަތުތައް ތަންފީޒުވުމުން މި އަހަރާއި، މެދުރާސްތާގައި ފަތުރުވެރިކަމުގެ ދާއިރާއަށާއި، އިގްތިސާދަށް  ކުރިއެރުންތަކެއް އަންނާނެކަމަށް ބުންޏެވެ. މީގެ އިތުރުން ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރެވޭނެކަމަށްވެސްވެއެވެ.

އަމާޒަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 90 އިންސައްތައަށް 2028 ވަނަ އަހަރާއި ހަމައަށް ދާއިރު ކުޑަ ކުރުންކަމަށް ފާޙަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ވަނީ، މުސްތަގްބަލުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: