ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތަށް ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު: މާލީ ވުޒާރާ

ފިނޭސް މިނިސްޓަރ މޫސާ ޒަމީރު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ތަފާސްހިސާބްތަކަށް ބަލާއިރު 2025 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރެކެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ”ބަޖެޓު ނަތީޖާ ބަޔާން 2025“ އިން ދައްކާގޮތުގައި، މިދިޔަ އަހަރަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ޚަރަދުތައް ކުޑަކުރެވި، އަދި އާމްދަނީގެ ގޮތުން ރެކޯޑު މިންވަރެއް ހާސިލުކުރެވުނު އަހަރެކެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ނިޒާމަށް އައި އެންމެ ހެޔޮ ބަދަލުތައް ފެނިގެންދިޔަ ދުވަސްވަރުކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްްފައެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ނުވަތަ އާމްދަނީއާއި ޚަރަދުގެ ފަރަގު 4.4 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެެފައެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މި އަދަދު މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.

2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު އަންދާޒާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މި އަދަދު ވަނީ އަންދާޒާކުރި ވަރަށްވުރެ 5.0 ބިލިއަން ރުފިޔާ ނުވަތަ %53.6 ކުޑަކުރެވިފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މި ކާމިޔާބީގެ އަސްލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެވެ. 2025 ވަނަ އަހަރުގެ ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކުރި ވަރަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވުމެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރަކީ 2019 ވަނަ އަހަރަށްފަހު ދައުލަތަށް އެންމެ ގިނަ އާމްދަނީއާއި ހިލޭ އެހީ ލިބުނު އަހަރެވެ. ޖުމްލަ އާމްދަނީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އަންދާޒާކުރި ވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޚާއްޞަކޮށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ، މިސާލަކަށް ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ވޯކް ޕާމިޓް ފީ ފަދަ ދާއިރާތަކުން ލިބުނު އާމްދަނީން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެގެން ދިޔައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިންވެސް ވަނީ އުންމީދީ ނަތީޖާތަކެއް ދައްކާފައެވެ. 2025 ވަނަ އަހަރު ޖުމްލަ 2.24 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ފަތުރުވެރިން އައި އަދަދު އަންދާޒާކުރި ވަރަށްވުރެ މަދުވި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު (ބެޑްނައިޓްސް) ވަނީ 14.2 މިލިއަނަށް އަރާފައެވެ. މިއީ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާ އިތުރުވުމަށް މެދުވެރިވި މުހިންމު ސަބަބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: