ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ތަފާތު ކުރުމެއް ނެތި ގާނޫނު ތަންފީޒު ކުރާނަން: ޝަމްއާން

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މީހަކާއި މެދު ތަފާތު ކުރުމެއްނެތި ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖެ އެތެރެވެ ރާއްޖޭގައި ތިބި ބިދޭސީންގެ މައްޗަށް ވެސް އިމިގްރޭޝަން ގާނޫނު ހިންގުމުގައި އޭނާ ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ހުރިހާ އެންމެންގެ މައްޗަށް އެއްވެސް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށެވެ.

ތަފާތު ކުރުމެއްނެތި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ 08 ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހަކު ރާއްޖެ އެތެރެވުން ހުއްޓުވުމުން އޭނާގެ ޤާނޫނީ ވަކީލުން ޝަކުވާ ކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރު ބަދަލުވެ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން އަންނަނީ ގާނޫނާއި ހިލާފުވާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަމުންނެވެ. އިމިގްރޭޝަނުން މިހާރު ނިންމާފައި ވަނީ ޤާނޫނާއި ހިލާފުވާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: