ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕުޓިން ހުއްޓުވާލާ ނޭޓޯ ފުޅާކުރީ އަހަރެން: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ހުއްޓުވާލީ އޭނާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޖޯ ބަައިޑެންވަނީ ކުރިއަށް އޮތް ދައުރު ލިބިވަޑައިގެންފި ހާލަތެއްގައި އެކަށީގެންވާ ގޮތެއްގެ މަތިން މަސައްކަތް ކުރެވިދާނެކަމާއިމެދު ކުރެވެމުންދާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އޭނާ ވިދާޅުވީ، ކުރައްވަމުންދާ ހަމަ އެކަނި މަސައްކަތްތަކީ ކެމްޕެއިން ކުރެއްވުން ނޫންކަމަށެވެ.

ބައިޑެން ވިދާޅުވީ، ދުނިޔެ ހިންގުމުގެ މަސައްކަތްތައްވެސް ކުރައްވަމުންދާކަމަށާއި ނޭޓޯ ޖަމާއަތް އެކުލަވާލީ އޭނާކަމަށްވެސް ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ، ނޭޓޯއަކީ ކުރިމަގުކަމަށާއި އެ ޖަމާއަތް ފުޅާކުރެވިދާނެކަމަށް އެއްވެސް ބަޔަކު ގަބޫލުނުކުރިކަމަށްވެސް އަލިއެޅުއްވިއެވެ. ބައިޑެން ވިދާޅުވީ، ޕުޓިން ހުއްޓުވާލީ އޭނާކަމަށެވެ.

މިނިވަން ފަރާތެއް މެދުވެރިކޮށް ސިއްހީ ހާލަތު ކަށަވަރުކުރުމަށް އެއްބަސްވެވަޑައިގަންނަވާނަން ތޯ ސުވާލު ކުރުމުން ބައިޑެންވަނީ އޭނާގެ ސިކުނޑީގެ ހާލަތާއި ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ޓެސްޓުތައް ހަދާކަން ހާމަކުރައްވާފައެވެ.

މީޑިއާތަކުން ބުނާގޮތުން ޖޯބައިޑެން ދަނީ ތާއީދުގެ ގޮތުން މުހިންމު އެތައް ސަރަހައްދަކުން ޓްރަމްޕާއި ގާތްކުރަމުންނެވެ.  އެގޮތުން ޓްރަމްޕަށް 47 އިންސައްތަ މީހުންގެ ތާއީދު އޮތްކަމަށް ފެނިގެންދާއިރު ބައިޑަންއަށް އޮތީ 45 އިންސައްތައިގެ ތާއީދުކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: