ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް މިހާރަކު ނެތް: މިނިސްޓަރ ޣައްސާން

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން - ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މި ބިމުގައި ސާބިތުވެ، ބޭރުގެ އެއްވެސް ސިފައިންގެ މީހެއް އަދި އިންޑިއާ ސިފައިންގެ މީހެއްވެސް ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީގެ ހަރުގޭގައި ކުރިޔަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވަރަށް އިޚުލާސްތެރި ހިތްޕުޅަކާއެކު ވާހަކަފުޅުދައްކަވާ އެމަނިކުފާނު ވިދާޅުވާ ބަސްފުޅުތަކާ އަމަލު ދިމާކުރައްވާ ބޭފުޅެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހިނގަމުންދިޔަ ދުވަސްވަރުގެ ވާހަކަ ދައްކަވާ ޣައްސާން ވިދާޅުވީ އެކިއެކި ޕާޓީތަކުން އެކިއެކި ބޭފުޅުން އެކިއެކި ވާހަކަތައް ރައްޔިތުންނަށް ވިދާޅުވަމުން ދިޔަ ދުވަސްވަރު ގައުމިއްޔަތުގެ ދިފާއުގައި ގައުމީ ރޫހެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލު ހިމާޔަތް ކުރެއްވުމުގެ ގަދަ އަޒުމުގަ އެންމެ އަސަރާއެކު ވާހަކަދެއްކެވީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އައިއިރު އެނގިގެން ދިޔައީ ދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު ހިމާޔަތްކުރަން ބޭނުންކަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެނގިގެން ދިޔައީ ދިވެހި ސިފައިން ފިޔަވާ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް މި ބިމުގަ ގާއިމުކުރަން ވެސް އަދި ގާއިމްވެތިބެން ވެސް ދިވެހިން ބޭނުން ނުވާކަން ކަމަށެވެ.

ޣައްސާން ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ އެތެރޭގެއާ ބޭރުގެ މަސްދަރުތަކަށް ދެއްވި ބަސްދީގަތުންތަކުގަ ދިވެހިރާއްޖޭގަ ތިބި، ގާއިމްވެ ތިބި ބޭރުގެ ހުރިހާ ސިފައިން އެއީ އެތައް ހާސް ސިފައިން ކަމުގަ ވިޔަސް އަނބުރާ ފޮނުވާލައްވާނެ ކަމަށް ވިދާޅުވުމުން ދޭހަވީ އެމަނިކުފާނުގެ އިޚުލާސްތެރިކަން ކަމަށެވެ.

އެއީ ކިތަންމެ ބޮޑު މަސްއޫލިއްޔަތެއްކަމުގައި ވިޔަސް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ފުއްދެވުމުގެ ފުރިހަމަ އަޒުމް ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް އެމަނިކުފާނުގެ ހިތްޕުޅުގަ އޮތްކަން ދޭހަކޮށްދޭ ދަލީލެއް. އޭރަކު އެމަނިކުފާނަކަށް ރާއްޖޭގަ ގާއިމްވެތިބި ސިފައިންގެ އަދަދު އެނގިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެ. ސަބަބަކީ ހުންނެވީ ސަރުކާރުން ބޭރުގަ ކަމަށްވާތީ. ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގައި ގާއިމްވެތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރެއްވުން. އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ސަރުކާރުގެ ބާރު ބޭނުންކުރައްވައިގެން ހާލަތު ދެނެވަޑައިގަތީ. ކިތައް މީހުން، ކޮންތާކު، ކީއްކުރަން، ކޮން މަސައްކަތެއް ކުރަން ގާއިމްވެ ތިބިތޯ.

މިިނސްޓަރު ވިދާޅުވީ އެ މަސައްކަތްކުރެއްވުމަށް ފަހު ވަރަށް ސާފު ސީދާ، ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނާ އެ މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން އެންމެ އިސް ޑިޕްލޮމެޓްގެ ހައިސިއްޔަތުން ރައީސް، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަށް ދިވެހިން ނޭދޭ ކަމަށާ އެކަން ރައްޔިތުންނަށް ކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދެއްކަން ވަރަށް އިޚުލާސްތެރިކަމާއެކު އެގައުމަށް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް އިންޑިއާ ސަރުކާރުން އިޖާބަ ދިން ކަމަށެވެ.

އެއަށްފަހު މިނިސްޓަރު ޣައްސާން ވަނީ ފާއިތުވި މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މި ބިމުގައި ސާބިތުވެ، ބޭރުގެ އެއްވެސް ސިފައިންގެ މީހެއް އަދި އިންޑިއާ ސިފައިންގެ މީހެއްވެސް ނެތް ކަން ހާމަކުރައްވާފައެވެ. އަދި އެކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ސަރުކާރުގެ އެކި ވަޒީރުން ވާހަކަދައްކަވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: