ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެމްޓީސީސީން ފާސްކޮށްފި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ - ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ އަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ރޭ އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ %99.6 ވޯޓުންނެވެ.

އެމްޓީސީސީގެ އޭޖީއެމްގައި މިދިޔަ އަހަރުގެ ޔައުމިއްޔާސް ފާސްކޮށް، އަންނަ އަހަރަށް ކުންފުނީގެ އޮޑިޓަރެއް ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކުންފުނީގެ އޮޑިރަކަށް ހަމަޖައްސާފައިވަނީ ޑެލޮއިޓް ޕަރޓްނާސް އެވެ.

މިޖަލްސާގައި އޮންލައިންކޮށް ވެސް އަދި ޖަލްސާއަށް ހާޒިރުވެގެން ވެސް ހިއްސާދާރުން ވަނީ ބައިވެރިވެފައިވާއިރު މި ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރަކަށް ހޮވާފައިވަނީ ނަޞްރަތު މުހައްމަދު އަދި މުހައްމަދު އިމްރާން އަދްނާން އެވެ.

އެމްޓީސީސީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު %30 އިތުރު އަދަދެއް ކަން އެ ކުންފުނިން ފާހަގަކުރެއެވެ. އޭގެ އިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 278 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު %14 ދަށް އަދަދެއް ކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެ ކުންފުނިން ބުނީ ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު %50 ދަށް އަދަދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: