ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝް ހަމަނުޖެހުން: ހާލަތު ގޯސްވެ ދިވެހިން ބޭރަށް ނުދިޔުމަށް އިލްތިމާސެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގެ ހާލަތު އިތުރަށް ގޯސްވެ އެގައުމުގައި ދިރިއުޅޭ ދިވެހީންނާ އެ ގައުމަށް ދަތުރުކުރާ ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ބޭރަށް ނުނިކުތުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތުގެމަތިން، މި ދަނޑިވަޅުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެގައުމުގެ ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވެސް އެދިފައިވެއެވެ.

ބަންގްލަދޭޝްގެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ވަޒިފާތަކަށް ކޯޓާ ކަނޑައަޅާ ނިޒާމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ.

އެ ނިޒާމަށް އަމަލުކުރުން ހުއްޓާލާފައި އޮތުމަށް ފަހު، މިމަހުގެ އެކެއްގައި ހައި ކޯޓުން ވަނީ އެ ނިޒާމަށް އަލުން އަމަލުކުރަން އަންގައިފައެވެ. އެކަމާ ގުޅިގެން މުޒާހަރާގެ ބައިވެރިން ދަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ހަނގުރާމަކުރި ކުރީގެ ސިފައިންގެ ގާތް ތިމާގެ މީހުންނަށް ސަރުކާރުގެ ވަޒީފާގެ 30 ޕަސެންޓާ ހަމައަށް ރިޒާވްކުރާ ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: