ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
ބަންގްލަދޭޝްގައި ވަޒީފާތަކުގެ މައްސަލައިގައި ހިންގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގެ ސަރުކާރުންވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދިފައެވެ. އަދި ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް މިދަނޑިވަޅުގައި ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށް ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންކަމަށެވެ. އަދި، މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދޭކަމަށްވެސް ބުނެފައިވެއެވެ.
ބަންގްލަދޭޝްގައި ހުންނަ ހައިކޮމިޝަނާއި ގުޅޭނެ ނަމްބަރު އަދި އީމެއިލް:
(+) 8801329748885
(+) 8801708120318
-އީމެއިލް އެޑްރެސް

